ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯޓާއި ގުޅިގެން މީހަކު ހައްޔަރު ކުރެވޭނެ، ދައުވާ ކުރެވޭނެ ހެއްކެއް ނެތްކަމަށް ކޮމިޝަނުން ވަނީ އަންގާފަ: ހޯމް މިނިސްޓަރ

ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި، މަރުގެ ކޮމިޝަނުން ނެރުނު ރިޕޯޓާއި ގުޅިގެން މީހަކު ހައްޔަރު ނުކުރެވޭ ކަމަށާ އެ މައްސަލައިގައި ދައުވާވެސް ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިފަދައިން ވިދާޅުވީ ހައްދުފަހަނައަޅާފައިވާ މީހުން ރާއްޖޭގައި ތިބި މީހުންނާއި މެދު އަޅާ ފިޔަވަޅުތަކާއި މެދު ސުވާލުކުރުމުން، އެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ހޯމް މިނިސްތަރ ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކުރެވޭނެތޯ މަރުގެ ކޮމިޝަންގެ ރިޕޯޓް އާއްްމުކުރުމާއި އެކު ސުވާލުކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ ފުރުސަތު ނެތް ކަމަށް ކޮމިޝަނުން ބުނުމުން، އެ ކޮމިޝަނަށް އިތުރު ސައުވީސްގަޑި އިރުގެ މުއްދަތެއް ދިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ފަހުން ސުވާލުކުރުމުންވެސް އެއްވެސް މީހަކު ހައްޔަރުކުރަން އަމުރެއް ނެރޭނެ ޖާގެއް ނެތް ކަމަށް މަރުގެ ކޮމިޝަނުން ބުނެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެ ރިޕޯޓާއި ގުޅިގެން، އެއްވެސް މައްސަލައެއް ”އިސްތިއުނާފުކުރާނެ ފުރުސަތެއް ނެތްކަމަށާ، އެއްވެސް މީހަކަށް ދައުވާވެސް ނުކުރެވޭނެ“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އައިސިސްއާއި ގުޅުން ހުރި ފަރާތްތައް ފާހަގަކުރެވި، އޭގެ ތެރެއިން ބައެއް ފަރާތްތައް ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މެމްބަރުންވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު މުއައްސަސާތަކުގައި ތިބުމުން ހަރުކަށިފިކުރުގެ ފަރާތްތަށް ފިޔަވަޅު ނޭޅޭ ކަމަށް ތުހުމަތުކުރައްވާފައެވެ. ޝޭހް އިމްރާންވަނީ މުއައްސަސާތަކުގައި އެފަދަ ބަޔަކު ތިބިކަމަށް ޤަބޫލު ނުކުރައްވާކަމަށާ، އެ މައްސަލަ ހައްލުކުރަން ފުލުހުން ބުރަ މަސައްކަތްތަކެއްކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ހަރުކަށި ފިކުރުގެ މީހުންނާއި މެދު އެންމެ އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށާ، ފުލުހުން ފެއިލްވެފައިވާކަމަށް ބުނުމުގެ ބަދަލްގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން އެކުގައި ކުރަންޖެހޭ ކަންކަން ނުކުރެވޭކަން ގަބޫލުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެފަދަ ފަރާތްތައް ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: