ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ އަހަރު ތިލަފުށިން ދުން އެރުވުން ހުއްޓުވޭނެ ކަމުގެ ޔަގީންކަން އެބައޮތް!

އަންނަ އަހަރު ތިލަފުށިން ދުން އެރުވުން ހުއްޓުވޭނެ ކަމުގެ ޔަގީންކަން އެބައޮތް! -- ފޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ތިލަފުށިން އަންނަ އަހަރުން ފެށިގެން ދުން އެރުން ހުއްޓުވޭނެ ގޮތެއް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ދުމުގެ ސަބަބުން، ކުރާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ޑރ. ހުސެއިން ވިދޅުވީ މިނިސްޓްރީން އެ މައްސަލަތައް ބަލައި ހައްލު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދާކަމަށެވެ. ރާއްޖޭގެ ފަރުގެ ނިޒާމަށް ބޮޑެތި ނުރައްކާތެރި ގެއްލުންތަކެއް ވެސް ވަމުން އަންނަކަން ފާހަގަކުރައްވައި ޑރ. ހުސެއިން ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި އެކަންކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

ތިލަފުށި ކުނިގޮނޑު މެނޭޖްކުރަން ލޭންޑްފިލް ކޮމްޕެކްޓަރު ގެންނަން އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޑރ. ހުސެއިން ވިދާޅުވީ ކޮމްޕެކްޓަރު މެޝިން ގެނެވުނުހާ އަވަހަކަށް ތަން ސާފު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް، މަސައްކަތް ނުފެށި ލަސްވަނީ މެޝިނަރީސް ގަތުމަށް ބައެއް ހަރަދުތަކެއް ކުރަންޖެހޭތީކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މެޝިނަރީސްތައް ބޭނުންވަނީ، ކުނިގޮޑުން މިވަގުތު އޮތް ހާލަތުގެ ސަބަބުންކަން ބަޔާންކުރައްވައި ޑރ. ހުސެއިން ވިދާޅުވީ ކުނީގެ ބައިތައް ފުރޭނުމަށް އަދި ރީސައިކަލް ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން، ތިލަފުއްޓަށް ގެންދާ ކުނިތައް ރީސައިކަލްކޮށް އޭގއިން ބޭނުން ކުރެވޭނެ ބައިތައް ނަގާ އެ އެއްޗިސް އަލުން ބޭނުން ކުރެވޭނެކަމަށެވެ. ކުނިތަކުގެ މައްޗަށް، އިތުރު ކުނިތައް އަޅަމުންދާއިރު، ކުނީގެ އަޑީގައި މިހާރުވެސް ހުންނަނީ ރޯވެފައިކަމަށް މިނިސްޓަރ ވިދާޅިވިއެވެ. އަދި ތިލަފުށީގެ ކުނިގޮނޑު ފުރޮޅާ ސާފުކުރާއިރު ބަލާނީ އޭގެ ތެރޭގައި ހުރި ކުނީގެ ބާވްތަތްތައް ފުރާނަން ކަމަށެވެ.

މިނިސްޓަރ ވިދާލުވީ، ކުނީގެ މައްސަލަ ވަގުތީގޮތުންވެސް ހައްލު ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަމަށްވެސް އުސް ފަރުބަދަތަކެއްހެން ކުނިތަކުގެ ތެރޭގައި ވެލި ހުރުމުން އެއީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. އެހެން ކަމުން، އަންނަ އަހަރުގެ ކުރީކޮޅު ތިލަފުށިން ދުން އެރުމުން ކަންކަން ނިމުމަކަށް ގެނައުމަށް ވޭސްޓް ފެސިލީޓި ގާއިމްކޮށް އެކަން ފުރިހަމަ ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެއެވެ.

ޑރ. ހުސެއިން ވިދާޅުވީ، ތިލަފުއްޓަށް ގިނަ އަދަދެއްގެ ކުނި މާލެއިން ގެންދެވޭ ކަމަށާއި އެ ކުނިތައް އަންދަނީ އޯޕަން ފީލްޑުގައި ކަމަށެވެ. އަދި އެ އަލިފާން ނިއްވޭޏެ ގޮތެއް ނެތްއިރު މައްސަލަ ހައްލު ކުރަން ހެވީ އިކުއިޕްމަންޓް ބޭނުންވާކަމަށެވެ. އެގޮތުން އެމްޓީސީސީ މެދުވެރިކޮށް ވީހާ ވެސް އަވަހަކަށް ސާމާނު ގެންނަން މަސައްކަތް ކުރާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެެވެ ތިލަފުށީގައި ކުނި އެންދުމުން އަރާ ދުމުގެ ސަބަބުން ކައިރި ރިސޯޓުތަކުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތައް އިންތިހާ އަށް އޮންނަކަން ދާދިފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ ސަރުކާރުގެ ފަހުކޮޅު ކުނި އެންދުން ހުއްޓާލި ނަމަވެސް މިނިސްޓަރުގެ ވާހަކަތަކުން އަނެއްކާ ވެސް އެ ރަށުގައި ވަނީ ކުނި އަންދަން ފަށައިފަ އެވެ. މީގެ އިތުރުން، ރަށުގެ އަޑީގައި ހުރި ކުނިތަކުގައި ދޭތެރެދޭތެރެއިން އަލިފާން ހިފަމުން ދާތީ ދުން އެރުމުގެ މައްސަލަ މަދުން ނަމަވެސް ކުރިމަތިވެ އެވެ. އެގޮތުން، ވާރޭ ވެހޭ ދުވަސް ދުވަހާއި ގަދައަށް ވައި ޖެހޭ ދުވަސްތަކުގައި މިފަދަ ހާދިސާތައް ހިނގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: