ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޙުޝަރުކުރައްވާ ދުވަހު ލުއިފަސޭހަ ހުއްޓިހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އަހަރެމެންގެ އަތްމަތީގައި: ހުކުރު ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

މަޙުޝަރުކުރައްވާ ދުވަހުގެ ހުއްޓި ހުރުމަކީ ލުއިފަސޭހަ ހުއްޓިހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އަހަރެމެންގެ އަތްމަތީގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. ”މާތް ﷲގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް“ މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ވަނީ އާޚިރަތް ދުވަހުގެ ބިރުވެރިކަމާއި އެ ދުވަހަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ހުތުބާގައި ބުނެފައިވަނީ ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބައޮތް ކަމަށާއި، އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނު ކަމަށެވެ. އަދި މި އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެކަން ފާހަގަކޮށް، މިއީ ހުރިހައި އެންމެން ވެސް ކުރިމަތިލާން ޖެހޭނޭ އިމްތިޙާނެއް ކަމަށް ހުތުބާގައި ބުންޏެވެ. އޭގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންނާއި، މުއްސަނދީންނާއި ފަޤީރުންނާއި، ވެރީންނާއި ރައްޔިތުން ވެސް ހިމެނެއެވެ.

އެ އިމްތިޙާނުގައި އެހީވެދޭނޭ އެއްވެސް މީހަކު ނުހުންނާނެކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ބައްޕައަކު ދަރިއަކަށް، އަތްނބަކު ފިރިއަކަށް، ނުވަތަ ރަޙުމަތްތެރިއަކު ރަޙްމަތްތެރިއަކަށް ވެސް އެހީއެއް ނުވެވޭނެ ކަމަށެވެ. ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތްނުވެވިގެން ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

މަޙުޝަރު މައިދާނުގެ ބިރުވެރިކަމާ ގުޅޭގޮތުން ހުތުބާގައި ބުނީ: ”މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެއެވެ. އެއަށް ފަހު ޤިޔާމަތާ ހަމަޔަށް އޭނާ އޮންނާނީ ކަށްވަޅުގައެވެ. އަލުން ދިރުއްވައި މަޙުޝަރުކުރެއްވުމާ ހަމަޔަށެވެ. މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެކެވެ. އެ ދުވަހުގެ ބިރުވެރިކަމުގައި އެ މައިދާނުގައި، ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބޭން ޖެހޭނެއެވެ.“

ނަމަވެސް، އެ ބިރުވެރި ދުވަހުގެ ހުއްޓި ހުރުން ލުއިފަސޭހަ ކުރުމުގެ ފުރުސަތު އޮތީ އަމިއްލަ އަތްމަތީގައި ކަމަށް ހުތުބާގައި ބުންޏެވެ. ތަޤުވާވެރި ޞާލިޙު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިޙުސާސްކުރެވޭނީ، ދުންޔަވީ ޙަޔާތުގެ ހިސާބުން ނަމަ މެންދުރު ނަމާދާއި ޢަޞްރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއްގެ ގޮތުގައި ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާ ނިންމާލަމުން ބުނީ ޤިޔާމަތް ދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކޮށްދެއްވައި އިންޒާރުކުރައްވައިފައިވަނީ، އެއިން ޢިބުރަތް ޙާޞިލުކޮށް އެ ދުވަހަށް ތައްޔާރުވުމަށްޓަކައި ކަމަށެވެ. އެހެންކަމުން، އެ ބިރުވެރި ދުވަހުން ސަލާމަތްވުމަށްޓަކައި މިއަދު ދުނިޔޭގައި ތިބެ ހެޔޮ އަމަލުތައް ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: