ޑރ.އަފްރާޝީމް އލީ އަވަހާރަކޮށްލި ގޮތް ތަހުގީގުކޮށް، މަރުތަކާއި ބެހޭ ކޮމިޝަނުން އެކުލަވާލި ރިޕޯޓު ދިރާސާކުރި ސަބް ކޮމިޓުން އެކުލަވާލާފައިވާ ރިޕޯޓް ފާސްކޮށްފިއެވެ.
އެ ރިޕޯޓް ފާސްކުރީ، 49 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އެ ރިޕޯޓް ފާސްކުރަން ނުފެންނަކަމަށް 10 މެމްބަރުން ވޯޓުދެއްވިއެވެ. ، ޑރ.އަފްރާޝީމްގެ މަރުގެ ރިޕޯޓްގެ މައްސަލަ ދިރާސާކުރި ކޮމިޓީގެ ރިޕޯޓް ހުށަހަޅާއެ ރިޕޯޓާއި މެދު ވަނީ ބަހުސްކޮށްފައެވެ.
އަންގާރަ ދުވަހުގެ މަޖިލީހުގައި، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، އެކި ބޭނުންތަކަށް ދޫކުރާ ރަށްތަކުން ރުއްގަސް ނެގުމާއި މެދު ހުށަހަޅާ ގަރާރު 53 މެމްބަރުންގެ ވޯޓާއި އެކު ވަނީ ފާސްކޮށްފައެވެ. އެ ގަރާރު ބަލައިގަންނަން ނުފެންނަކަމަށް 3 މެމްބަރުން ވޯޓުދެއްވިއެވެ. އެ ގަރާރު ދިރާސާކރުަން އެންވައިރޮމެންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މީގެ އިތުރުން، ހޮޅުދޫ ދާއިރާގެ މެމްބަރު، ޔޫނުސް އަލީ ހުށަހަޅުއްވާފައިވާ ޖަމިއްޔާތަކުގެ ބިލް ބަލައިގަތުމަށްވެސް ވަނީ ފާސްކޮށްފައެެވެ. އެ ބިލް ބަލައިގަތީ މަޖިލީހުގެ ވޯޓުގައި ބައިވެރިވި، 59 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުވަނީ 5 ޑިސެމްބަރުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެގޮތަށް ފާސްކުރީ، 45 މެމްބަރުންގެ ވޯޓާއިއެކުގައެވެ.މަޖިލީހުގެ ވަގުތު އިތުރުކޮށްފައިވާއިރުު، މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ކުރިއަށްއެބަދެއެވެ.

