ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނިމާދޫ އެއާޕޯޓު ހަދަންވީ ސަރަަހައްދީ އެއާޕޯޓުގެ ހަބަކަށް: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހަނިމާދޫ އެއާޕޯޓު ހަދަންވީ ސަރަަހައްދީ އެއާޕޯޓުގެ ހަބަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ ސަަރަހައްދީ އެއާލައިނުގެ ހަބަކަށްހަދާ، އެ އެއާލައިނާއި ގުޅިގެން އެ އެއާޕޯޓު ހިންމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑު ވާނެ ކަމަށެވެ. އަދި މުޅި ބޮޑުތިލަދުންމަތީގެ ތަރައްގީއަށްގެ ވެސް ފަހި ވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓް ތަރައްގީކޮށް، ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 9ވަނަ ދުވަހުއެވެ. އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ އާ ޓާމިނަލާ އެކު، އެ އެއާޕޯޓު ވާނީ އުތުރުގެ ލޭންޑްމާކަކަށެވެ. މިއީ ރާއްޖޭގެ އުތުރުގައި މިހާރު އޮތް އެންމެ ބޮޑު އެއާޕޯޓެވެ. ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އޮކްޓޯބަރު 1986 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ ފެބްރުއަރީ 2012 ގައެވެ. އަދި ޒަމާނީ ޓާމިނަލަކާ އެކު އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2022 ގައެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓުގެ ކުރިމަތީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ މަތިންދާބޯޓެއް ޖެއްސިއެވެ. އެއީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެކެވެ.

އިންޑިއާގެ ލޯނު އެހީގައި ހެދި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި ހިންގި އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ އެއް މަޝްރޫއު އެވެ. އެ އެއާޕޯޓުގެ އާ ޓާމިނަލް މިދިޔަ މަހުން ފެށިގެން އަންނަނީ ބޭނުންކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: