ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުރު ހުތުބާ ލިޔަން ބޭނުންވާ މައުޟޫއަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވައިލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު ހުކުރު ހުތުބާ ލިޔަން ބޭނުންވާ މައުޟޫއަށް އާންމުންގެ ހިޔާލު ހުށައަޅަން ހުޅުވައިލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ވަނީ ހުކުރު ހުތުބާ ލިޔާ މައުޟޫއުތަކާއި މެދު ރައްޔިތުންގެ ހިޔާލު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ މި އަހަރު އަޑު އަހަން ބޭނުންވާ ހުތުބާގެ މައުޟޫއުތައް ހުށައަޅަން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެ މައުޟޫއައް މިނިސްޓްރީގެ ފޭސްބުލް ޕޯސްޓުގައި ކޮމެންޓު ކުރެވޭނެކަން އިސްލާމިކް މިނިސްޓްރިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓުގައި ހުރި މައުޟޫތަކަށް ލައިކު ދިނުމަށް މިނިސްޓްރީން އެދިފައިވާއިރު މިހާތަކަށް އެ ޕޯސްޓަށް 560އަށް ވުރެ ގިނަ މީހުން ވަނީ ކޮމެންޓު ކޮށްފައެވެ. އޭގެތެރޭގައިން ބައެއް މީހުން ހުށަހަޅާފައިވާ މައުޟޫތަކަށް ސަތޭކައާ ގާތް ކުރާ އަދަދަކަށް ނުވަތަ އެއަށް ވުރެ އިތުރަށް މީހުން ލައިކު ދީފައިވެއެވެ.

އޭގެއިތުރަށް ހުކުރު ހުތުބާގެ މައުޟޫ ކޮމެންޓު ކުރި މީހުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: