ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ކުރިން ބުނީ ނުވާނެއޭ، މަގެ ހުނަރަށް ކޮށްލީ ސުވާލެކޭ“

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަކީ އަބަދުވެސް ތަފާތު ވިސްނުމެއް ގެންގުޅުއްވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ މަޖިލީހުގައި ތިއްބެވި އެހެން ބޭފުޅުންގެ ހިޔާލާ ވަރަށް ތަފާތު ހިޔާލެކެވެ. ޤައުމަށާއި އަދި ވަކިން ޚާއްސަކޮށް އެމަނިކުފާނުގެ ދާއިރާއަށް ގެންގުޅުއްވަނީ ތަރައްޤީއާއި ތަމައްދުނުގެ އެންމެ ޒަމާނީ ވިސްނުންފުޅެވެ.

ކާށިދުއާއި ގާފަރާ ދެމެދު ކޭބަލް ކާރުން ގުޅާލަ ދިނުމަކި އެމަނިކުފާނު މަޖިލީހުގެ އިންތިޙާބުގައި ދާއިރާގެ ރައްޔިތުންނަށް ވައުދުވި އެންމެ ވަރުގަދަ އެއް ވައުދެވެ. އާދައިގެ މަތިން އެކަމަށް އެމެންވެސް ޖޯކު ކެހިއެވެ. އެއީ ނުވާނެ ކަމެއް ކަމަށް ބުންޏެވެ.

ސޯޝަލް މީޑިއާގައި އެކަމާއި ގުޅިގެން ތަފާތު ގޮތްގޮތަށް ޖޯކު ޖަހާ ހެދިއިރު ޖާބިރު އުޅުއްވާ ވެވަޑައިގެންނެވި ވައުދު ފުއްދުމުގައި އަވަދިނެތިއެވެ. ރައްޔިތުންނަށް ދައްކަވައިދިން ހުވަފެން ހަޤީޤަތަކަށް ހެއްދުމުގައި އުޅުއްވިއިރު ރައްދުވި މަލާމާލަތަކަށް ނުބައްލަވައެވެ. ބެއްލެވީ ބަހަށް ވުރެ އަމަލުން އެކަން ސާބިތުކޮށްދެވޭތޯއެވެ.

ކޮންމެއަކަސް ޖާބިރުގެ މި ތަފާތު ވައުދު މިހާރު މިވަނީ ހަޤީޤަތަކަށް ވުމާއި ހަމައަށް ވާސިލްވެފައެވެ. ކާށިދޫ އާއި ގާފަރު ގުޅުވައިދޭ މެގަ ޕްރޮޖެކްޓް، ކޭބަލް ކާރު އެޅުމުގެ މަސައްކަތުގެ ދިރާސާ ކުރާ އިޓަލީ ކުންފުނިކަމަށްވާ ސިންޓެކްނިކާ އިންޖީނިއަރިންގެ އިސްވެރިން ރާއްޖެއައިސް އެ ސަރަޙައްދު ދިރާސާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ދާއިރާގެ ރައްޔިތުން ތަރައްޤީގެ އައު ދުނިޔެއަކަށް ގެންދެވުމުގެ ހުވަފެނުގައި ކުލަޖެހުމާއެކު ޖާބިރު ވަނީ އޭނާއަށް މަލާމާތްކުރި ހުރިހާ އެންމެނަށް ”ރެޕް“ ލަވަޔަކުން ރައްދުދެއްވާފައެވެ. މަޝްހޫރު ބީޓިއޮލޮޖީ ސްޓޫޑިއޯއިން އުފެއްދި ލަވައެއް ކަމަށްވާ ”ހަސްކާ“ގެ ބައިތެއް ޖާބިރު ވަނީ އޭނާގެ ޓުވީޓުގައި ހިމަނާފައެވެ.

https://twitter.com/chairmanjabir/status/1199228161373827072

ކެބްލް ކާރު ގުޅާލުމަށް ސާވޭ ކުރަން އައި ކުންފުނީގެ ޕްރެޒިޑެންޓް ލުކާ ވިދާޅުވީ ކޭބަލް ކާރުގެ ޕްރޮޖެކްޓާއި ގުޅޭގޮތުން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ޖާބިރު ކަމަށެވެ. އަދި ޖާބިރު، އޭނާގެ ދާއިރާގެ ތަރައްގީއާއި ގުޅޭގޮތުން ގެންގުޅުއްވަނީ ތަފާތު ތަސައްވުރެއްކަން ފާހަގަކުރެއްވިއެވެ.

ކާށިދޫ ދާއިރާގެ ރަށްތައް ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމުގެ ގޮތުން، ލޭންޑްސްކޭޕްކޮށް އެ ސަރަހައްދު ބަލާފައިވާކަން ލޫކާ ވަނީ ފާހަގަކުރައްވާފައެވެ. ލޫކާ ވިދާޅުވީ، ކޭބަލް ކާރުތަކުން އެއްތަން އަނެއްތަނާއި ގުޅާލުމަކީ އެއީ ދުރު ވިސްނުމެއް ކަމަށެވެ. މިއީ މޯބިލިޓީގެ ގޮތުން ބަލާލިނަމަވެސް، ވަގުތު ސަލާމަތް ވުމާއި އެކު މާ ބޮޑެތި ހަރަދުތަކެއް ނުދާނެ ދަތުރުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ގާފަރާއި ކާށިދޫ ކޭބަލް ކާރުން ގުޅުވާލުމަށް ސާވޭ ކުރަނީ… ފޮޓޯ: ޓުވިޓަރ

އޭނާ ވަނީ އެއްވެސް ކަމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި ކާށިދޫގެ ”ގަދަ ކަނޑު“، ދާއިރާގެ ރަށް ގުޅުވާލަދޭ، ކޭބަލް ކާރަށް ހުރަހަކަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ކޭބަލް ކާރު، ކާށިދޫ ދާއިރާގައި ގާއިމް ކުރުމަށް، މަސައްކަތުގެ މޮޑޮލް ސަރުކާރަށް ހުށަހެޅީމަ ސަރުކާރުން އެކަން ބަލައިގަންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކޭބަލް ކާރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.

ޖާބިރު އަބަދުވެސް ފާހަގަވެގެން ގޮސްފައިވަނީ މީހުން ކިޔާ އެއްޗަކަށް ބެލުމެއް ނެތި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އަދި ޖާބިރު އަކީ ކަމެއް ހާސިލް ކުރަން ބޭނުންފުޅުވެލައްވައިފި ނަމަ އެކަމަކަށް ގަދައަޅާ މަސައްކަތް ކުރައްވާ ބޭފެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: