ގދ. މަޑަވެލީގައި ފަރުމައްޗަށް މަސްހިފަން ގޮސްއުޅުނު އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދަނީ އެރަށު ގަމަރީ މުހައްމަދު ސައީދު ކަމަށް ފުލުހުން ބުނެއެވެ. އަދި އޭނާ އާ ބެހޭ މައުލޫމާތެއް ލިބިއްޖެ ނަމަ ހިއްސާކުރަން އެދިފައިވާއިރު، އެފަދަ މައުލޫމާތެއް ލިބިފައިވާ ނަމަ މަޑަވެލީގެ ރަށު ކައުންސިލާވެސް ހިއްސާކުރަން ކައުންސިލުން ވަނީ އެދިފަ އެވެ. ފުލުހުން ބުނީ އުމުރުން 72 އަހަރުގެ މީހަކު މަޑަވެލިން ގެއްލިގެން ރިޕޯޓްކުރީ މެންދުރު ފަހު 1:00 އެހާއިރު ކަމަށެވެ. އޭނާ ރަށުގެ ފަރުމައްްޗަށް މަސް ހިފަން ދިޔައީ ދަލެއް ހިފައިގެން، އެކަނި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެެވެ. ފުލުހުން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

