ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބުރުވެރިކަމާއިއެކު އެންމެންނަށްވެސް ދިރިއުޅޭވޭނެ މުޖުތަމައުއެއް ބިނާކުރުމުގައި ދެމިތިބޭނަން: ރައީސް

އަބުރުވެރިކަމާއިއެކު އެންމެންނަށްވެސް ދިރިއުޅޭވޭނެ ޝާމިލް މުޖުތަމައުއެއް ބިނާކުރުމުގައި ދެމިތިބޭނަން: ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޯގާތެރިކަމާއިއެކު ސިޔާސަތުތައް ބައްޓަންކޮށް، އެންމެން ޝާމިލުވާ ރާއްޖެއެއް ބިނާކުރުމުގައި ދެމިތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ބްރެއިލް ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އުނގެނުމުގެ ދޮރުތައް ހުޅުވައިދީ، އެފަރާތްތަކުގެ އަމިއްލަ މިނިވަންކަމާއި އަބުރުވެރިކަން ކަށަވަރުކޮށްދިނުމަށް ބްރެއިލް އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރައްވާފައިވެއެވެ. ޝާމިލް މުޖުތަމައުއަކީ އެއްވެސް ހުރަހެއްނެތި ކޮންމެ މީހަކަށްވެސް މައުލޫމާތާއި ފުރުސަތުތައް ހަމަހަމަކަމާއެކު ލިބިދެވޭ މުޖުތަމައުއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކެއްގެ ތެރެއިން އެއްވެސް މީހަކު ބާކީނުކޮށް އެންމެންގެ ބައިވެރިވުން ހިމެނޭހެން ފަސޭހަކަމާއެކު ހިދުމަތްތަކާއި ވަސީލަތްތައް ލިބިދެވޭނެ ރާއްޖެއެއް ބިނާކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ،“ ރައީސް ވިދާޅުވިއެވެ.

އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސަރުކާރާއި ރާއްޖޭގެ މުއައްސަސާތަކުން، ހާއްސަކޮށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން އެކި ކުންފުނިތައް މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން، ރާއްޖޭގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގު ހޯދައިދިނުމަށް ބްރެއިލް ބޭނުންކޮށްގެން ވޯޓުލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އެކި އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައިވެސް ރާއްޖޭގައި ބްރެއިލް ބޭނުންކުރުން ދަނީ އިތުރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: