ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުގެ 75 ޕަސެންޓު އުފެއްދުމުގެ މަސައްކަތް ނިމިއްޖެ: އާދަމް ޝަރީފް

މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި މީހުން ކިޔުގައި: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތަކުގެ 75 އިންސައްތަ އުފެއްދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވަނީ ކުރިއަށް އޮތް ރޯދަމަހަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގެ ޒިންމާ އެ ވުޒާރާއާ ހަވާލުވީ އެކަންކަން އެންމެ އެކަށީގެންވާ ގޮތަށް ތަރުތީބު ނުކުރެވި އޮތް ދަނޑިވަޅެއްގައި ކަމަށެވެ. ނަމަވެސް، ވުޒާރާގެ ދަށަށް އެ މަސައްކަތް އައުމާއެކު ދެ ދުވަހެއްގެ ތެރޭގައި ދިމާވި ދަތިތައް ހައްލުކޮށް، ހަރުދަނާ އިންތިޒާމެއްގެ ދަށުން މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ދައުލަތުގެ ގިނަ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެސްޓީއޯ، މިފްކޯ އަދި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި، ހާއްސަކޮށް ފުލުހުން ތައްޔާރުކުރި އެޕްލިކޭޝަންގެ ސަބަބުން މަސްދަޅު ބެހުމުގެ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދިޔަ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބަހަންޖެހޭ ވަރަށް މަސްދަޅު އުފެއްދިފައި ނެތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ”އޭރު މަސައްކަތްތައް ކުރަންޖެހުނީ އެހުރިހާ ކަމަކަށްވެސް ރިޔާއަތް ކޮށްގެން،“ މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިފަހަރު އެ ތަޖުރިބާގެ އަލީގައި ދުރާލާ ތައްޔާރުވެ، މިފްކޯއިން މިހާރުވެސް ބޭނުންވާ މަސްދަޅުގެ ބޮޑު ބައެއް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ކަމާގުޅޭ މުއައްސަސާތަކާއެކު މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މިކަމުގެ ތަފްސީލުތައް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށެވެ. އެގޮތުން ރަށްރަށަށާއި މާލޭ ސަރަހައްދުގައި މަސްދަޅު ބަހާނެ ގޮތުގެ ތަފްސީލުތައް ހާމަކުރުމަށް މި މަހުގެ 15 ގެ ކުރިން ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: