ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޭ ފްރޭމްވޯކަށް ގެނެއި ބަދަލުން ކައުންސިލްގެ ޝަކުވާ އައި؛ އެކަން ހައްލުކުރުމަށް މަޝްވަރާ އެބަ ކުރަން: އާދަމް ޝަރީފް

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި އެލްޖީއޭ ބޯޑުގެ ރައީސް އާދަމް ޝަރީފު ޢުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނެސްފައިވާ ބަދަލާއެކު ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެކަންކަމަށް ހައްލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާއިން އެކަށީގެންވާ ގޮތަކަށް ހިދުމަތްތައް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު ބައެއް ފަރާތްތަކުގެ މުސާރަ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި، މި ބަދަލުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކަށް ކުރާނެ އެންމެ ބޮޑު އެއް އަސަރަކީ ބަޖެޓުކުރެވިފައިވާ މިންވަރަށްވުރެ މުސާރައިގެ ހަރަދުތައް އިތުރުވުމެވެ. އަދި މުސާރައިގެ ކަންކަން ހަމަޖެއްސުމަށްފަހު ދެން ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ކައުންސިލްތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގައި ކައުންސިލްތަކުގެ ޒިންމާ އަދާކުރާއިރު، ބްލޮކް ގްރާންޓަށް ގެނެވުނު ބަދަލުގެ ސަބަބުން ނިކުންނަ ގޮންޖެހުންތައް ހައްލުކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ”ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ހުށައަޅާފައިވެސް އެބަހުރި. އެހެންކަމުން ޕޭ ކޮމިޝަނާއި ފިނޭންސާއެކު މި ގޮންޖެހުންތައް ހައްލުކުރުމަށް މަޝްވަރާ ކުރަމުން މިދަނީ،“ މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ސިވިލް ސަރވިސް މުވައްޒަފުންނަށް އެކަށޭނެ އުޖޫރައެއް ކަނޑައެޅުމަކީ ޒަމާނުއްސުރެ އޮތް ގޮންޖެހުމެކެވެ. މިކަމަށް ހައްލެއް ހޯދުމަށް ތައާރަފުކުރި ޕޭ ފްރޭމްވޯކްގެ ބޭނުމަކީ މަސައްކަތުގެ ބާވަތާއި ފަންނަށް ބަލައި، އިންސާފުވެރިކަމާއެކު މުސާރަ ދިނުމުގެ ނިޒާމެއް ގާއިމުކުރުމެވެ.

މި ފްރޭމްވޯކަކީ ހަމައެކަނި މުސާރަ ބޮޑުކުރުމުގެ ބަދަލުގައި، ދައުލަތުގެ ޚިދުމަތަށް ފަންނުވެރި އަދި ދާއިމީ މުވައްޒަފުން އިތުރުކުރުމަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: