ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރި ތަރައްގީ ކުރުމަށް ”ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ“ ތައާރަފްކޮށްފި

އެސްއެމްއީ ޑިޖިޓަލްއިން ވިޔަފާރި ތަރައްގީ ކުރުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ތައާރަފްކޮށްފި ---- ފޮޓޯ | އެސްއެމްއީ ޑިޖިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެސްއެމްއީ ޑިޖިޓަލްއިން ”ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ“ ނަމުގައި އައު ފައިނޭންސިންގ ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފިއެވެ. މި ފައިނޭންސިންގެ މައިގަނޑު މަގުސަދަކީ މިހާރުވެސް ހިނގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި، އާމްދަނީ އިތުރުކުރުމަށްޓަކައި އައު ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރީގެ އައު އައުޓްލެޓްތައް ހުޅުވުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށްވެސް މި ޕްރޮގްރާމްގެ ދަށުން މަގުފަހިވެގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.

ފައިނޭންސިންގގެ ތަފްސީލަށް ބަލާއިރު، އެއްވެސް ރަހުނަކާނުލާ 1,000,000 (އެއް މިލިއަން) ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ޖުމްލަ 5,000,000 (ފަސް މިލިއަން) ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު، ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ ދިގު މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ނުވަތަ ފައިސާ ދައްކަން ނުޖެހޭ މުއްދަތެއްވެސް ހިމެނެއެވެ.

މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ”ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު މާލީ އެހީތެރިކަމެއް ލިބިގެންދާނެ“ ކަމަށެވެ. އަދި މި ފައިނޭންސިންގެ އެހީގައި ވިޔަފާރިތައް ކުރިއަށް އޮތް މަރުހަލާއަށް ގެންދިއުމަށް ބޮޑު ބާރަކަށް ވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބަދުރުއްދީން އިތުރަށް ވިދާޅުވީ، މިއީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި އައު މާކެޓްތަކަށް ވަނުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި، މީގެ ސަބަބުން މުޅި އިގްތިސޯދަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި ފައިނޭންސިންނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: