ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުއަސާސީއަށް އިސްލާހެއް އެޖެންޑާކޮށް މަޖިލީހުގެ ޖަލްސާއެއް މާދަމާ

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ބިލު ހުށައަޅަށް ތާވަލުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާއެއް 9:00އަށް ވަނީ ތާވަލުކޮށްފައެވެ. އެ އެޖެންޑާގައިވާ ގޮތުން ގާނޫނުއަސާސީއަށް އިސްލާހުގެ ބިލެއް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ މަޖިލީހަށް ހުށައަޅައިފައެވެ.

މީގެއިތުރަށް ގާނޫނުލްއުގޫބަތަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށައަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުންވެސް ވަނީ އެޖެންޑާކޮށްފައެވެ. އަދި ޕެންޝަން ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ ފުރަތަމަ ކިޔުން ވެސް އެޖެންޑާކޮށްފައިވެއެވެ.

ތިން ބިލުގެ އިތުރުން އެޗްއާރްސީއެމްގެ ރައީސް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުން ވެސް އެޖެންޑާކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: