ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ހުސެއިން ހާޒިރުވެ ވަޑައިނުގަތުމުން، ޑރ.ހުސެއިންއާއި ސުވާލެއް ނުކުރެވުނު

ފިޝަރީޒް މިނިސްޓަރ ޑރ ުސެއިން ރަޝީދު ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވަޒީރާއި ސުވާލު ކުރައްވަން ޖެހޭ ގަޑިއަށް މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައި ނުވާތީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން އާއި ކުރަން ހަމަޖެއްސި ސުވާލު ނުކުރެވި އެ މައްސަލަ އެޖެންޑާއިން ބޭރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީުގެ ކެންދޫ ދާއިރާގެ މެމްބަރު މަޖިލީހަށް ހާޒިރުވެ ވަޑައިގެންފައި ނުވާތީ އެ އަތޮޅުގެ އެހެން ބޭފުޅަކަށް ސުވާލު ކެރެވޭނެ ގޮތެއް އޮތްތޯ ބެއްލެވިކަމަށާ، އެކަން އެގޮތަށް ނުކުރެވޭނެކަމަށް މަޖިލީހުގެ އަމީންއާމް ވިދާޅުވެފައިވާކަމަށް، މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަލީ ހުސެއިން ހުށަހެޅުއްވި ސުވާލު ނުކޮށް އިތުރު ސުވާލަށް ހުޅުވާލެވޭނެތޯ ބެލި ކަމަށާ އެކަން އެހެން ނުކުރެވޭނެ ކަމަށްވެސް އަމީންއާމް ލަފާދެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދުވަނީ ތިމާވެއްޓާއި ބެހޭ ވަޒީރު ހުސެއިން ރަޝީދު ހަސަން މަޖިލީހަށް ވަޑައިގެން، ދެއްވަން ބޭނުންވި މައުލޫމާތު ނުދެވުމަކީ ހިތާމަކުރައްވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑރ.ހުސެއިން ރަޝީދާއި ކުރައްވަން ހަމަޖެހިފައި އޮތް ސުވާލަކީ ކެންދޫ، ދަރަވަންދޫ އަދި ކަމަދޫގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަކީ 2019ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތްތަކަކަށް ވާއިރު އެ މަސައްކަތްތައް ފެށޭނީ ކޮންއިރަކުތޯ ސާފުކުރުމަށް ހުށަހެޅި ސުވާލެކެވެ. މިއީ މިގޮތަށް މެމްބަރަކު ހާޒިރު ނުވެގެން ވަޒީރާއި ސުވާލު ނުކުރެވި ދިޔަ ފުރަތަމަ ފަހަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: