ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤަވައިދާ ޙިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ފުލުހުން ޓޯކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި މަސައްކަތާ ގުޅޭގޮތުން ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެ ސިޓީގެ މަގުތަކުގެ ކަފިހިހުރަސްތަކާއި، ލައިން ދަމާފައިވާ ސަރަހައްދުތަކުގެ އިތުރުން ގޯޅިކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ޙަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުން ވަނީ މި މަސައްކަތުގެ ފޮޓޯތައްވެސް އާންމުކޮށްފައެވެ.

ފުލުހުން ވަނީ ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި، ޕާކްކުރުމަށްޓަކައި ޚާއްސަ ކުރެވިފައިވާ ޒޯންތަކުގައި އުޅަނދުތައް ޕާކްކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށް ވާއިރު، ޚާއްސަކޮށް މަޖީދީމަގު ފަދަ ބޮޑެތި މަގުތަކުގެ ޕޭވަމަންޓުގެ ދެފަރާތުގައި ސައިކަލުތައް ޕާކްކޮށްފައި ހުރުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.

މާލޭ ސަރަޙައްދުގައި ވެހިކަލްތައް އިތުރުވެ، ޕާކުކުރާނެ ޖާގަ ނެތުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ނަމަވެސް މަގުތަކުގެ ރައްކާތެރިކަމާއި އާންމު ދަތުރުފަތުރަށް ހުރަސްއެޅޭ ގޮތަށް ހުންނަ އުޅަނދުތައް ނެގުމަކީ މަގުތަކުގެ ތަރުތީބު ހިފެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: