ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2 އިންތިހާބު އެއްކުރަން އެމްޑީޕީން ތާއީދެއް ނުކުރަން: ގަފޫރު

ހަނިމާދޫ ދާއިރާގެ މެމްބަރ އަބްދުލްޢަފޫރު މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ތާއީދު ނުކުރާ ކަމަށާއި، އެކަން ކުރަން އުޅެނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމުގެ ’ހީލަތްތެރި ރޭވުމެއް’ގެ ތެރެއިން ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު އޮތް މަޖިލީހުގެ ދައުރު ޑިސެމްބަރު 2028 އަށް ކުރު ކުރާ ގޮތަށް ސަރުކާރުގެ ފަރާތުން ވަނީ ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފަ އެވެ.

ޗުއްޓީގައި އޮތް މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ،

 ”ދެ އިންތިހާބު އެއްކުރަން އެމްޑީޕީން ތާއީދެއް ނުކުރަން. އަޅުގަނޑުގެ މައްޗަށް މިއަދު އެމްޑީޕީގައި މި ބަސް ބުނާނެ އިތުރު މީހަކު ނުހުންނާނެ،“ 

ގަފޫރު ތުހުމަތު ކުރެއްވި ގޮތުގައި މި އިސްލާހަކީ ރަނގަޅަށް ދިރާސާނުކޮށް، އަވަސް އަރުވާލައިގެން ކުރަން އުޅޭ ކަމެކެވެ. އަދި މިކަމުގެ ފަހަތުގައި ސަރުކާރުގެ އެހެން އެޖެންޑާއެއް އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެގޮތުން ވެރިކަމުގެ ދައުރު 10 އަހަރަށް ބަދަލުކުރުމަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުގެ މީޑިއާތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި، މި އިސްލާހަކީ އެކަމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރުމަށް ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ދޮގެއް ކަމަށް ސިފަކުރައްވައި ގަފޫރު ވިދާޅުވީ، ހަރަދު ކުޑަކުރަން ބޭނުންވާ ނަމަ އެއްކޮށްލަން ޖެހޭނީ ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު ކަމަށެވެ. އަދި މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ މިޑް-ޓާމް އިންތިހާބެއްގެ ގޮތުގައި ކަމަށް އޭނާ ލަފާދެއްވި އެވެ.

މީގެ އިތުރުން، ސަރުކާރުން ހަރަދު ކުޑަކުރަން ވާހަކަ ދައްކާއިރު އިތުރު މުވައްޒަފުން ނަގަމުންދާ ކަމަށް ގަފޫރު ފާހަގަކުރެއްވި އެވެ. އެގޮތުން ޕަބްލިކް ވޯކްސްއަށް 500 މުވައްޒަފުން ނަގަން އިއުލާންކޮށްފައިވާ ކަމަށާއި، އެއީ އަހަރަކު 72 މިލިއަން ރުފިޔާގެ ހަރަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލިއިރު ސިޓީ މިނިސްޓްރީން ރަށްރަށުގައި ގޮފިތައް ހަދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ މިފަދަ ބޮޑު ބަދަލެއް ގެންނަންވާނީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) މެދުވެރިކޮށް ރަނގަޅު ދިރާސާއެއް ހަދައި، އޭގެ ނަތީޖާއަށް ބިނާކޮށްގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: