ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ގެންނަ ބޭހުގެ ބާވަތްތައް 200 އިން 900 އަށް ވަނީ އިތުރުކޮށްފައި: ނާޒިމް

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ބޭހުގެ ބާވަތްތައް 200އިން 900އަށް އިތުރު ކޮށްފައިވާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިނިސްޓްރީތަކުގެ މަސައްކަތްތަކުގެ މައުލޫމާތުތައް ދިނުމަށް ކުރިޔަށް ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ކުރިޔަށް ގެންދިޔައީ ނާޒިމްގެ ޕްރެސް އެވެ.

މި ޕްރެސްގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުވާއިރު، ރާއްޖެގެ އެޕްރޫވްޑް ޑްރަގްސް ލިސްޓުވެސް އިތުރުކޮށް ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓުވެސް ފުޅާވާނެ ކަމަށެވެ. ނާޒިމް ވިދާޅުވީ ބޭނުން ވަނީ އެއްވެސް ރައްޔިތެއްގެ ކަންބޮޑުވުންތައް ނާންނަ މިންވަރަށް 100 ފަސެންޓަށް އެކަން ހައްލު ކުރަން ކަމަށެވެ. އަދި އެ އަމާޒަށް ދިއުމަށް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭހުގެ ސަޕްލައި ހަރުދަނާކޮށްފައިވާކަމަށެވެ. އެގޮތުން ބޭސް އެެތެކުރާ މިންވަރު އެތައް ގުނައެއް އިތުރުކުރެވިފައިވާ ކަމަށެވެ.

މީގެ ކުރިން އެސްޓީއޯއިން އެތެރެ ކުރަމުން ދިޔައީ 200އެއްހާ ބޭސްކަމަށާއި މިހާރު 800އާއި 900 ދެމެދުގެ ބޭސް އެތެރެކުރެވޭކަމަށް ނާޒިމް ވިދާޅުވިއެވެ.

އުސޫލުތައް ހަރުދަނާކޮށް ޓްރީޓްމަންޓުގެ ގައިޑްލައިންތައް ހަރުދަނާކޮށްފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު މުޅިން އަލަށް 40 ޓްރީޓްމަންޓުގެ ގައިޑްލައިން އެކުލަވާލާފާއިވާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އޭގެ ސަބަބުން ޓްރީޓްމަންޓު ދިނުމުގައި ޑޮކްޓަރުންނާއި އަދި ފަރުވާ ދޭ ފަރާއްތަކަށް ބޭނުންކުރާނެ ބޭސްތައް އެންމެ އެކަށޭނެ ގޮތެއްގައި ކަނޑައެޅިގެންދާނެ ކަމަށެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ބޭހަށް ހާއްސަ ކުންފުންޏެއް އެކުލަވާލައި އެކަން ވަކި ނިޒާމެއް ތެރެއިން ކުރުންކަމަށެވެ.

މިކަމަކީ ބޭހުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކޮށް ދުރު މުސްތަގުބަަލަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: