ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

”ޒަކާތު ކައުންސިލް“ ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

ޒަކާތުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރުގެ ދަށުން، ހުޅުވާލައްވާފައި ވަނީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން 2 މެންބަރުން އެ ކައުންސިލަށް ޢައްޔަންކުރެއްވުމަށެވެ.

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 06 ޖެނުއަރީ 2026 ވާ އަންގާރަ ދުވަހުން ފެށިގެން  ، 15  ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެކަމަށް ރައީސް އޮފީހުން މަޢުލާމާތު ދެއްވައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޤަރާރަކުން ޒަކާތު ހައުސް އުފެއްދެވީ، 18، ޑިސެންބަރު  2023 ގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ނިޒާމު ހަރުދަނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ޒަކާތުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ހިންގުމަށްޓަކައި ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފަށައިފާވަނީ މި ޖެނުއަރީ މަހުގެ އެކެއްގައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު) ގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ’މޯލްޑިވްސް ޒަކާތު ހައުސް‘ އަލުން އިދާރީ ގޮތުން ޤާއިމުކުރައްވާފައެވެ.

އާ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް ވަނީ އުވާލައްވާފައެވެ. އޭގެ ބަދަލުގައި މިހާރު ޤާއިމުކުރެވުނު އިދާރާއަކީ ޒަކާތުގެ ޤާނޫނުގެ ދަށުން އުފެދިފައިވާ، އިތުރު ބާރުތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ މުއައްސަސާއެކެވެ. މި އިދާރާ ހިނގަމުންދާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބެލުމުގެ ދަށުންނެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: