ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމްއަށް ކުރާ ދައުވާގެ އެޕާޓްމަންޓު މައްސަލަ އަމިން ކޮންސްޓްރަކްޝަނަށް ސާބިތެއް ނުވި

ބައްސާމް ކުރީގެ އަޑުއެހުމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިންކަމަށް ބުނެ އަމިން ކޮންޓްސްރަކްޝަންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

މިއީ އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އަމިން އެވެނިއު ދެ އެޕާޓްމަންޓެއް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް ގަނެފައިވާ މުއާމަލާތުގައި އެ ކުންފުނިން މަނީ ލޯންޑްރިންއަށް އެހީތެރިވިކަމަށް ބުނެ ކުރި ދައުވާގެ މައްސަލަ އެވެ.

މައްސަލައިގައި ކުރި ދައުވާގައި ވަނީ އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަމިން ކޮންސްޓްރަކްޝަނުން ހޯދުމަށާއި، ބައްސާމް ގަނެފައިވާ ދެ އެޕާޓްމަންޓު ނަގައިދިނުމަށެވެ. އެއީ އެއް މިލިއަން ޑޮލަރެވެ.

މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައި ވަނީ އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށެވެ.

އަމީން ކޮންސްޓްރަކްޝަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ ބަދަލުގައި އެފްއޭއެމްއަށް ދިވެހި ރުފިޔާ ނަގުދު ފައިސާއިން ލިބުނުކަމަށް ދައްކާ ވައުޗާރ ހުރި ނަމަވެސް އެއީ ސައްހަ ނޫން ލިއުންތަކެއްކަމަށް ދައުލަތުން ބުނާ ބުނުމަށް ބާރުދޭ ހެއްކެއް ނެތުމުންނެވެ. އަދި ލިބިފައިވާ ހެކިތަކުން އެ ފައިސާ އެފްއޭއެމްއަށް ދިންއިރު އެ ހަވާލު ކުރީ ހަސަން ވަހީދުއަށްކަން އެނގެ އެވެ.

އެހެންވެ އެފްއޭއެމްގެ ޑޮލަރު މާރުކުރި ފައިސާއިން އަމިން އެވެނިއު އެޕާޓްމަންޓު ގަންނަން ފައިސާ ދެއްކިކަން ސާބިތު ނުވާތީ ކުންފުންޏަށް ދައުވާ ސާބިތުނުވާކަމަށް ކަނޑައެޅީ އެވެ.

އެޕާޓްމަންޓުތަކުގެ މައްސަލަ ފުލުހުންގެ ތަހުގީގަށް އެނގިފައި ވަނީ، އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ކުރާ ތަހުގީގުގެ ތެރެއިންނެވެ.

ފުލުހުންގެ ތަހުގީގަށް ލިބުނު އިތުރު މައުލޫމާތުތަކުގެ ތެރޭގައި، އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް ފަހު، ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިއުން ތައްޔާރުކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވުން ހިމެނެ އެވެ. ކޮވިޑުގެ ތެރޭގައި އެފްއޭއަމަށް ލިބުނު ލޯނަކީ ފީފާ މެދުވެރިކޮށް ކޮވިޑު ރިލީފް ފަންޑުގެ ގޮތުގައި ލިބުނު 1.9 މިލިއަން ޑޮލަރެވެ.

މީގެއިތުރުން އެފްއޭއެމްއަށް ލިބެން ޖެހޭ ބައެއް ފައިސާތަކެއް ލިބުނުކަމަށް ދެއްކުމަށް ބައްސާމް ކުންފުންޏަކުން ލޯނެއް ވެސް ނަގާފައި ވެއެވެ.

އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ބައްސާމަށް ދައުވާކޮށްފައިވާ އިރު ފުލުހުން އަންނަނީ އިތުރު މައްސަލަތައް ވެސް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: