ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމަށް ކުށް ސާބިތުވެ، އަމިން ކޮންސްޓްރަކްޝަނަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފު ކުރަނީ

ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ދަށު ކޯޓުންކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލާގައި މިއަދު ހުކުމް ކުރިއިރު، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ވަނީ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައެވެ. ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި މައްސަލާގައި ބައްސާމްގެ މައްޗަށް އިއްވީ 23 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އޭނާ ލޯންޑަރ ކުރި ފައިސާގެ އަދަދުގެ ފަސް ގުނަކޮށް، 44.7 މިލިއަން ރުފިޔާއިން ވަނީ ޖުރިމަނާކޮށްފަ އެވެ.

ބައްސާމަށް މަނީ ލޯންޑަރ ކުރުމަށް އެހީތެރިވިކަމަށް ބުނެ އަމިން ކޮންސްޓްރަކްޝަނަށް ކުރި ދައުވާ ސާބިތެއް ނުވެ އެވެ. އެހެންވެ ޕީޖީ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބައްސާމްގެ މައްޗަށް ކުށް ސާބިތުވީ އަމީން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތާ ގުޅިގެންކަމަށްވާއިރު، ހަމަ އެ މުއާމަލާތުގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް ބެލެވެއެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރުމަށް އަމީން ކޮންސްޓްރަކްޝަނަށް ޖަމާކޮށްފައިވާކަމާއި، އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާގެ ގޮތުގައި އެ އެސޯސިއޭޝަންގެ މުވައްޒަފެއްކަމަށްވާ ހަސަން ވަހީދާ ހަވާލުކޮށްފައިވާކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ނަމަވެސް، އެ ފައިސާ ބޭނުންކޮށްގެން ބައްސާމް އެޕާޓްމެންޓެއް ގަތްކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ. ދައުލަތުން ހުށަހެޅި މައިގަނޑު ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް އަދަދާއި ހަސަން ވަހީދާ ހަވާލުކުރި ފައިސާގެ އަދަދު ގާތްކުރާ ކަމެވެ. ނަމަވެސް، އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަނބުރާ އަމީން ކުންފުންޏަށް ޖަމާކުރިކަމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަމަށާއި، އެފްއޭއެމްގެ އެއްވެސް އެކައުންޓަކަށް އެ ފައިސާ ވަދެފައިވާކަން އެނގެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ޕީޖީ އޮފީހުން ބުނީ މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުންކަމަށްބވާތީ، ރިޕޯޓް ލިބުމުން އިސްތިއުނާފުކުރުމާ މެދު ފަހު ނިންމުމެއް ނިންމާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: