ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1.6 ބިލިއަން ރުފިޔާގެ 14 މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއަށް

1.6 ބިލިއަން ރުފިޔާގެ 14 މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފި -- ފޮތޯ| އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

1.6 ބިލިއަންގެ އުމްރާނީ ތަރައްގީގެ 14 މަޝްރޫއެއްއްގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މީޑީއާތަކަށް މައުލޫމާތު ދެމުން އެމްޓީސީސީން ބުނެފައި ވަނީ މި ރަސްމިއްޔާތުގައި ކޮނސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދު ކަމަށެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީއެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހއ.ވަށަފަރު، ނ.ހެނބަދޫ، ހޮޅުދޫ، މާޅެންދޫ، ދ.ބަނޑިދޫ، ގއ.ކަނޑުހުޅުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ރ.އަލިފުށީ އިންޑަސްޓްރިއަލް ޒޯންއަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށްވެސް ވަނީ ހަވާލުކޮށްފައެވެ.

އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މަޝްރުއޫގެ ތަފްސީލް:

  1. ހއ. މުރައިދޫގެ ބަނދަރު ތަރައްގީކުރުން – 54.8 މިލިއަން ރުފިޔާ
  2. ރ. އުނގޫފާރުގެ ބަނދަރު ތަރައްގީކުރުން – 139.73 މިލިއަން ރުފިޔާ
  3. ހއ. ފިއްލަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން – 24.07 މިލިއަން ރުފިޔާ
  4. ނ. މާފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުން – 63.35 މިލިއަން ރުފިޔާ
  5. ކ. ގާފަރުގެ ގޮނޑުދޮށް ހިމާޔަތްކުރުން – 64.3 މިލިއަން ރުފިޔާ
  6. ހއ. ވަށަފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން – 242.65 މިލިއަން ރުފިޔާ
  7. ނ. ހެނބަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން – 91.94 މިލިއަން ރުފިޔާ
  8. ނ. މާޅެންދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން – 63.62 މިލިއަން ރުފިޔާ
  9. ނ. ހޮޅުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން – 103.28 މިލިއަން ރުފިޔާ
  10. ރ. އަލިފުށިގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން – 106.14 މިލިއަން ރުފިޔާ
  11. ދ. ބަނޑިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން – 221.95 މިލިއަން ރުފިޔާ
  12. ގއ. ކަނޑުހުޅުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން – 183.77 މިލިއަން ރުފިޔާ
  13. ހއ. އިހަވަންދޫގެ އާޓިފިޝަލް ބީޗު ހެދުން – 54.8 މިލިއަން ރުފިޔާ
  14. ގދ. ފަރެސްމާތޮޑާގެ މަގު ހެދުން (ދެވަނަ ފިޔަވަހި) – 255.21 މިލިއަން ރުފިޔާ

މި ހުރިހާ މަޝްރޫއުއެއްގެ ޖުމްލަ އަގަކީ 1.6 ބިލިއަން ރުފިޔާއެވެ.

ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްތައް ފެށިގެންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހު ރާއްޖޭގެ ރަށްތަކަށް ކުރެއްވި ދަުރުފުޅުތަކުގައިވެސް އެކި މަޝްރޫއުތަކުގައިވަނީ ސޮއި ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: