ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީގެ މަގާމުން ބިޝާމް އިސްތިއުފާ ދެއްވައިފި

ޕީޖީގެ މަގާމުން ބިޝާމް އިސްތިއުފާ ދެއްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމުން އައިޝަތު ބިޝާމް އިއުސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވައި ބިޝާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީ ފޮނުއްވާފަ އެވެ.

އެ ސިޓީ ލިބިވަޑައިގެންކަން ހާމަ ކުރައްވައި ރައީސް ސޯލިހު ވަނީ ޕީޖީގެ މަގާމުގައި ބިޝާމް ދެއްވި ހިދުމަތަށް ޝުކުރު އަދާ ކުރައްވައި، މުސްތަގުބަލަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. ބިޝާމް އިސްތިއުފާ ދެއްވީ އޭނާ ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފަށާފައިވަނިކޮށެވެ. އެ ކޮމިޓީއަށް މިއަދު ހާޒިރުވެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ބިޝާމަށް އޮތީ އަންގާފަ އެވެ. އެއީ މިއަދު 11:00 އަށެވެ.

ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އޭނާ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ވުމަށް ފުރުސަތު ދިނުމަށް ނިންމިއެވެ. އަދި ބިޝާމްގެ މައްޗަށް މަޖިލީހުގެ މެމްބަރުންނާއި، ޖުޑީޝަރީ ކޮމިޓީގެ މެމްބަރުން ކުރައްވާ ތުހުމަތުތަކަށް ޖަވާބުދާރީ ކުރުވުމަށް ކޮމިޓީން ނިންމިއެވެ.

ބިޝާމް މަގާމުން އިސްތިއުފާ ދެއްވާފައިވަނީ، އޭނާ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވަނިކޮށެވެ. އަދި ބިޝާމްގެ މައްޗަށް ކުރާ ތުހުމަތުތަކަށް، ޖަވާބުދާރީވުމަށް މިއަދު ކޮމިޓީއަށް ހާޒިރުވުމަށް ވެސް ވަނީ އަންގާފައެވެ. އެހެން ނަމަވެސް ބިޝާމް ވަނީ މަގާމުން ވަކި ކުރުމަށް އިޖުރާއަތްތައް ފަށާފައިވަނީ ގާނޫނު އަސާސީގެ ނައްސުތަކާއި ރޫހާ ހިލާފަށް ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ.

 

https://twitter.com/ibusolih/status/1199934877899997184

ބިޝާމް ވިދާޅުވީ ޕީޖީކަމުން ވަކި ކުރަންޖެހޭ ސަބަބުތަކުގެ ގޮތުގައި މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިއުލާނު ކުރި ސަބަބުތަކާއި ކޮމިޓީން ފާހަަގަ ކުރާ ސަބަބުތައް އެއްގޮތް ނޫން ކަމަށެވެ. އަދި ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ބުނެފައިވާ އެ ސިޓީގައި، ޖަވާބުދާރީވާން ވީ ކޮން މައްސަލައަކަށް ކަމަށް ވެސް ބަޔާންކޮށްފައި ނުވާކަމަށް ބިޝާމް ވަނީ ވިދާޅުވެފައެވެ.

ޖަވާބުދާރީވުމަށް މުހުލަތެއް ދިނުމާއި، ވަކީލެއްގެ ހާޒިރުގައި ޖަވާބުދާރީވުމަށް ފުރުސަަތެއް އޮތުމުގެ މަގްސަދަކީ ތައްޔާރުވުމަށް ދެވޭ ފުރުސަތެއް ކަމަށާއި، އަދި އޭގައިން ޖަވާބުދާރީވާން ޖެހޭ ކަންކަން ވެސް ސާފުކޮށް ތަފްސީލުކޮށް އެނެގެން އޮތުން ކަމަށް ބިޝާމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުން މީހުން ދުރުކުރުމުގެ މައްސަލަތަކަކީ ވަކި މައްސަލަތަކެއްގެ އެޖެންޑާ ކުރެވެން ޖެހޭނެ މައްސަލަތަކެއްކަން ބިޝާމް ފާހަގަކުރެއްވިއެވެ. އަދި ބީޖީގެ މަގާމަކީ އެ ބާބުގައި ބަޔާންކުރާ ފަދަ މުސްތަގިއްކލު މަގާމަކަށް ވީ ހިނދު ޖުޑީޝަރީ ކޮމިޓީއިން އޭނާގެ މައްސަލަ އެޖެންޑާކޮށްފައިވަނީވެސް ”އެހެނިހެން“ މައްސަލަތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް، އެއީ ”އެގޮތަށް ނިންމޭ ވަރަށް ވުރެ ބޮޑު ކަމެއް“ ކަމަށެވެ. ބިޝާމް ވިދާޅުވީ ކޮމިޓީއިން ފަށާފައިވާ އިޖުރާއަތްތަކުގައި އިހްލާސްތެރި ނިޔަތެއް ނެތް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އަދި އެ އިޖުރާއަތްތައް ގާނޫނު އަސާސީގެ ރޫހާ ފުށުއަރާ ކަމަށެވެ.

އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އެހެން ނަމަވެސް، 19 ވަނަ މަޖިލީހުގެ ތެރެއިން ބިޝާމް ވަކި ކުރުމަށް މާ ބޮޑެތި މަސައްކަތެއް ނުކުރާކަމަށް ބުނެ އެމްޑީއަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރުގައި އިދިކޮޅު ސިޔާސީ ލީޑަރުންނަށް ދައުވާ އުފުލުމާ ގުޅިގެން، އެމްޑީޕީ ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒު ކުރި އެއް ބޭފުޅަކީ ވެސް ޕީޖީ ބިޝާމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: