ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރްސީއެމްގެ ރައީސަކަށް ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ.

ޑރ. ޢާއިޝަތު ރަމީލާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.

އެޗްއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި، މަރިޔަމް މުނާގެ ފަސް އަހަރުގެ ދައުރު ހަމަވެފައިވާތީއެވެ. އެހެންވެ ކޮމިޝަނުގެ ރައީސްގެ މަގާމަށް އައްޔަނު ކުރާނެ ބޭފުޅެއްގެ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ތަޅުމަށް ރަމީލާގެ ނަން ފޮނުއްވައެވެ. ޑރ. ރަމީލާ އެޗްއާރުސީއެމްގެ ރައީސްކަމަށް އައްޔަނުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އަންގާރަ ދުވަހު ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ޑރ. ރަމީލާ އެ މަޤާމަށް އައްޔަން ކުރައްވަން ފެންނަ ކަމަށް 38 މެންބަރަކު ވޯޓު ދެއްވިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން އެކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ.

ޑރ. ރަމީލާއަކީ މި ސަރުކާރުގެ އެންމެ ފުރަތަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރެވެ. ނަމަވެސް ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން އިސްތިއުފާ ދެއްވީ އެވެ.

ޑރ. ރަމީލާ ވަނީ މީގެ ކުރިން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ވެސް އެކަމަނާ ކުރައްވާފަވެއެވެ. މީގެ ކުރިން ޑރ. ރަމީލާ ވަނީ އެވިޑް ކޮލެޖްގެ ޑީންގެ މަޤާމު ވެސް ފުރުއްވައިފައެވެ. ސޯޝަލް ސައިންސްގެ ދާއިރާ އިން 2010 ވަނަ އަހަރު މެލޭޝިއާ އިން ޕީއެޗްޑީ ހާސިލްކުރެއްވި ޑރ. ރަމީލާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ނަރުހެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: