ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ ހަދިޔާ ޓާސްކްފޯހުން ފަހުގެ ތައްޔާރީތަކާއި ބެހޭ ބައްދަލުވުމެއް ބާއްވައިފި

ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި އެކުލަވާލައިފައިވާ ޓާސްކު ފޯހުން އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަވުމެއް ބާއްވައިފިއެވެ.

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ސިޓީސް މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިނިންގއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު މިނިސްޓަރ އާދަމް ޝަރީފު ވަނީ ޓާސްކްފޯހުގެ ބޭފުޅުނާ ހިއްސާކުރައްވާފައެވެ. އަދި މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމަށް އެ އިދާރާތަކުން ދެއްވާފައިވާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތަކުގެ 75 އިންސައްތަ އުފެއްދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މީގެ ކުރިން ދައުލަތުގެ މީޑީއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިކަން ފާހަގަކުރެވެއެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގެ ޒިންމާ އެ ވުޒާރާއާ ހަވާލުވީ އެކަންކަން އެންމެ އެކަށީގެންވާ ގޮތަށް ތަރުތީބު ނުކުރެވި އޮތް ދަނޑިވަޅެއްގައި ކަމަށެވެ. ނަމަވެސް، ވުޒާރާގެ ދަށަށް އެ މަސައްކަތް އައުމާއެކު ދެ ދުވަހެއްގެ ތެރޭގައި ދިމާވި ދަތިތައް ހައްލުކޮށް، ހަރުދަނާ އިންތިޒާމެއްގެ ދަށުން މަސައްކަތް ކުރިއަށް ގެންދެވުނު ކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ކޮންމެ ރަމަޟާން މަހަކުވެސް ސަރުކާރުގެ ފަރާތުން އަންނަނީ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅުކޭހާއި ކާޑުގެ ބާވަތްތައް ގޭބީސީތަކަށް ދެއްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ރޯދަމަހެކޭ ވެސް އެއްފަދައިން މިއަހަރުގެ ރޯދަމަހުވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ވަނީ ނިންމަވާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: