ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ މޯލްޑިވްސް އިން ގޯލްޑަން ފުޓްސަލްގައި މި އަހަރުވެސް ހާއްސަ ޕްރޮމޯޝަނެއް

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއިން މިހާރު ރެހެންދި ދަނޑުގައި ކުރިއަށްދާ ފޯރިގަދަ ގޯލްޑަން ފުޓްސަލް މުބާރާތުގައި ހާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ސުޕަރނެޓް، ޕޯސްޓްޕެއިޑް އަދި 5ޖީ އެއަރފައިބަރގެ ޚިދުމަތް 400 ރުފިޔާއިނގް މަތިން ބައްލަވައިގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ހާއްސަ ގުރަކުން ހޮވޭ ނަސީބުވެރިއަކަށް އިނާމެއް ލިބިގެންދާނެއެވެ.

އިނާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ޓީވީ
  • ސޯފާ
  • ފްރިޖް
  • މައިކްރޯވޭވް
  • ތެލި ސެޓު
  • ކޮންސިއަރޖް ގްރޫޕްގެ ފަރާތުން މެލޭޝިއާއަށް 2 ރިޓާން ޓިކެޓް

މި ޕްރޮމޯޝަނަކީ އުރީދޫ މޯލްޑިވްސްއިން ތަފާތު އިވެންޓްތަކާއި ތަޖުރިބާތައް މެދުވެރިކޮށް މުޖުތަމައާ ގުޅުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި ރެހެންދި ޓާފުގައި ބެހެއްޓިފައި ހުރި އުރީދޫ ޓެންޓަށް ޒިޔާރަތްކޮށްލައްވާށެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗުތައް ކުރިއަށް ދާއިރު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށްޓަކައި އުރީދޫ ޓެންޓުގައި އަޅުގަނޑުމެންގެ ސްޓާފުން ހަރަކާތްތެރިވަމުންދާނެއެވެ.

މި ޕްރޮމޯޝަން ކޮންމެ ހަފްތާއަކު ކުރިއަށްދާއިރު، އާ ނަސީބުވެރިން ގަވާއިދުން އިއުލާން ކުރާނެ އެވެ. އުރީދޫ މޯލްޑިވްސްއާ ގުޅި ކާމިޔާބުކޮށް، އުފާފާޅުކުރުމުގެ މި ފުރުސަތު ގެއްލުވާނުލާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: