ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 15 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ސަރުކާރުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ކްލިނިކްތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ލިބޭގޮތަށް ހަމަޖެއްސުމަށް ނޭޝަނަލް ޝޯސަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނިންމާ މިކަން ހާމަކޮށްފައިވަނީ އެ އެޖެންސީން ހާމަކުރީ 31 ޑިސެމްބަރުގައި ނެރުނު ނޫސް ބަޔާނެއްގައެވެ.

އެންސްޕާއިން ބުނި ގޮތުގައި މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި އެކި ފޯރަމްތަކުގައި ލިބިވަޑައިގެންނެވި ހިޔާލުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ގެނެވޭ ބަދަލެކެވެ. 

މި އާ ނިންމުމުގެ ދަށުން، ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ޕްރިސްކްރައިބްކުރާ އައިނުތަކަށް އާސަންދަ ސްކީމްގެ ދަށުން ކަވަރޭޖް ލިބޭނެއެވެ. މިއީ ޕްރިސްކްރިޕްޝަން އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތަކަށް ފޯރުކޮށްދިނުމަށް އެޅޭ ފިޔަވަޅެއް ކަމަށް އެންސްޕާއިން ފާހަގަކުރެއެވެ.

އެންސްޕާއިން އިތުރަށް ބުނެފައިވަނީ، މިކަން ތަންފީޒުކުރުމަށްޓަކައި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި 15 ޖަނަވަރީ 2026 އިން ފެށިގެން އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން އާސަންދައިގެ ހިދުމަތް ލިބެން ފަށާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެންސްޕާއިން ބުނެފައިވަނީ އާސަންދައިން ކަވަރުކުރާ 2000 ރުފިޔާއަށް ވުރެއް އެފަރާތުގެ އައިނު އަގު ބޮޑުވާނަމަ ބާކީ ފައިސާ ދައްކަން ޖެހޭނީ އަމިއްލައަށް ކަމަށެވެ. މިހާރު އާސަންދަ ކަވަރު ކުރާ އަދަދަށް އައިނު ހެއްދޭ ތަންތަން އެބަހުރިކަމަށާއި އައިނު ހައްދާނެ ތަނެއް ކަނޑައަޅާނީ އެމީހަކު އަމިއްލައަށްކަމަށްވެސް އެންސްޕާއިން މައުލޫމާތުދެއެވެ.

މިކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެފައިވަނީ، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އިތުރު އަގަކާ ނުލައި އައިނު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. އައިޖީއެމްއެޗްގައި އޮޕްޓިކަލް ހިދުމަތް ގާއިމުކުރީވެސް އާންމުންނަށް މި ހިދުމަތް ހޯދުމުގައި ހުރި ބުރަތައް ކުޑަކުރުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު އޮންނަ އުސޫލުން އާސަންދައިން އައިނު ހެއްދުމަށް ކަވަރު ކުރަނީ 1,000 ރުފިޔާއެވެ. ނަމަވެސް އާސަންދައިން ދޭ އަދަދު ބޮޑުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، މި ގެނެވޭ ބަދަލާއެކު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: