މާޅެ ސިޓީ ކައުންސިލުން ދަރިވަރުން މަދަރުސާއަށް ގެންގޮސް އަދި އޮފީސް ތަކުގެ މުވައްޒަފުން އޮފީހަށް ގެންގޮސްގެން ނޫނީ މާލޭގައި ދުއްވާ ވެހިކަލްތައް މަދު ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިގޮތުން މާލެ ސިޓީގައި ވެހިކަލް ގިނަކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މިހާރުވެސް މާލެ ސިޓީގައި އެކަނިވެސް ސަތޭކަ އަށާރަހާސް އުޅަނދު ރެޖިސްޓްރީ ކޮށްފައިވާކަމަށެވެ.
އޭގެ ތެެރޭއިން 85 ޕަސެންޓަކީ ސައިކަލުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މާލޭގައި މިހުރިހާ އުޅަދެއް ދުއްވާނެހާ ޖާގައެއް ނެތްކަމަށެވެ. އަދި މިއީ މާލޭގައި ވެހިކަލް ދުއްވެން އޮތް މިންވަރެއްނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސިޔާސީ މަސަތްކަތްކުރާ ފަރާތްތަކުން މިކަމަށް ޙައްލެއް ހޯދަން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ދިވެހި ރައްޔިތުންނަށް ތަސައްވުރެއް ހުށައަޅާ އަދި އެ ތަސައްވަރު ހަޤީގަތަކަށް ހަދާދިނުމަށް ރައްޔިޔުންގެ ކިބައިން ވޯޓަށް އެދެމުންދާ ޕާޓީއެއްކަމަށެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންނެއް މިކަމާއި އެއްބަސްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިގޮތުން މިކަމަށްވެސް ޙައްލެއް ހޯދާނީ ހޯއްދަވާދެއްވެވޭނީ އަލީ އާޒިމްއަށް ކަމަށް ވިދާލުވިއެވެ.
މިގޮތުން އެމްޑީޕީއިން މިހާތަނަށް ރައްޔިތުންނަށް ކޮށްދޭނެކަމަށް ހުށައަޅާފައިވާ ތަސައްވަރުތައް ހަމަޖައްސައިދެވިފައި ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން މިސާލެއްގެ ގޮތުން ޓެކްސްގެ ނިޒާމު ޤާއިމުކުރުމާއި މުދަލާއި ޙިދުމަތުގެ އަގުން ޓެކްސްނަގައި އިމްޕޯޓް ޑިއުޓީ ކުޑަަކުރުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާތައް ހިންގުމާއި ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުން ފަދަ ކަންކަމަކީ އެމްޑީޕީއިން ރައްޔިތުންނަށް ކޮށްދެއްވާނެކަމަށް ވައުދުވި ކަން ކަންކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މީގެން ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދެވިފައިވާނެ ކަމަށެވެ.

