ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން އަންނަނީ ކައުންސިލްތަކުގެ ބާރު ކަނޑުވަމުން: ޢަފޫރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކުގެ ބާރު ހިނގަނީ ކައުންސިލްތަކުގެ އިދާރާގެ ގޭޓާ ހަމައަށް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިހެން ވިދާޅުވީ، އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކަށް ދިން ބާރުވެރިކަމާއެކު ވަރަށް ގިނަ މަސައްކަތްތައް ރަށު ތެރޭގައި ކައުންސިލްތަކުން ކޮށްފައިވާކަމަށާއި، ކައުންސިލްތަކުން ދެމުންއައި ޚިދުމަތްތަކާ މެދު ރައްޔިތުން ތިބީ ހިތްހަމަ ޖެހިގެންކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްގެ ޚިދުމަތް ނުލިބިގެން ރައްޔިތުން ޝަކުވާ ނުކުރާ ކަމަށެވެ.

މީގެ ކުރީގައި ރަށްތަކުގައި އޮތް އެންމެ ބޮޑު މައްސަލައަކީ، ކުނި މެނޭޖް ނުކުރެވުމުގެ މައްސަލަކަމަށް ފާހަގަކޮށް ޢަފޫރު ވިދާޅުވީ، ނަމަވެސް ކައުންސިލްތަކުން އެމަސައްކަތް ކުރަން ފެށުމުން ކުޑަ ހަރަދަކާއެކު މުޅި ރަށް ސާފުވެ، އެ މައްސަލަ ހައްލު ވެގެން ދިޔަކަަމަށެވެ.

މިއާއި ހިލާފަށް މި ސަރުކާރުގައި، އުންސިލްތަކުގެ ބާރު ހަނިކޮށް މަސައްކަތަށް ހުރަސް އަޅަމުންދާކަމަށް ފާހަގަކުރެއްވިއެވެ. މިހާރު ވަރަށް ގިނަ ކައުންސިލަރުން ތިއްބެވީ ސަސްޕެންޑްގައި ކަަމަށާއި، އެއީ ގާނޫނާ ހިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށް ޢަފޫރު ވިދާޅުވިއެވެ.

ރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ އިހުތިސާސްގެ ދަށުގައި ހުރި ބިން ބޭނުން ގޮތަކަށް ނަގާފައި ބޭނުން ފަރާތަކަށް ހަވާލުކުރެވޭ ގޮތަކަށް އޮތީ. އަދި އޭގެ އިތުރުން ރަށްރަށުގެ އިހުތިސާސްގެ ތެރޭގައި ހުރި ތަންތަން ވަރަށް ބޮޑަށް ހަނި ކުރެވި ވަރަށް ބޮޑަށް އެކަންކަން އުނި ކުރިވިފައިވަނީ. އެހެންވީމަ މިސަރުކާރަކީ އެއްވެސް ހާލަތެއްގައި ކައުންސިލްތައް ހިންގުމަށް މަގުފަހި ކޮށްދޭނެ ސަރުކާރެއް ނޫން. އެކަން ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާން ޖެހޭ.

ޢަފޫރު ވިދާޅުވިއެވެ.

ޢަފޫރު ވިދާޅުވީ މިސަރުކާރުން ރަށްރަށުގައި ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތް ކުރާކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ރަށްރަށް ބޮޑަށް ދެބައި ކުރުމުގެ މަގުސަދުގައިކަމަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް މުއިއްޒުގެ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ ބައެއް ނޫން ކަަމަށާއި، އެއީ ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކޮށް ޚިދުމަތް ކުރުމަށް އިންތިޚާބު ކުރާ ބައެއްކަމަށެވެ، ގައުމު ހިންގޭނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށާއި، ރައްޔިތުން ބާކީ ކުރާނަމަ ގައުމު ކުރިއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ހުރިހާ ކެންޑިޑޭޓުން ވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައިކަމަށް ޢަފޫރު ވިދާޅުވިއެވެ. މުޅި ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބަދަލުވާން ޖެހޭ ކަމަށް އެގޮތަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: