ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ޚިދުމަތަކުން ފައިދާ ނަގަން ފަށައިފިނަމަ ރައްޔިތުންނަކަށް ހިންހަމަޖެހުމެއް ނުލިބޭނެ- ނައިބު ރައީސް

އިންޖިނިއަރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަދައްކަވަނީ... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ޚިދުމަތް ދޭންތިބި މީހުން، ދޭ ކޮންމެ ޚިދުމަތަކުން ފައިދާ ނަގަން ފަށައިފިނަމަ، އެ ޚިދުމަތްތައް ބޭނުންވާ ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށް ނުދެވޭނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފެނަކަކޯޕަރޭޝަނުން އިސްނަގައިގެން ފެށި އިންޖިނިއަރުންގެ މަހާސިންތާ ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިމާވެފައިވާ މައްސަލަތަކާއި މެދު ވާހަކަދެކިވެގެން ނޫނީ އެމައްސަލަތައް ޙައްލު ނުކުރެވޭނެ ކަމަށެވެ.

ރައީސުލކްޖުމްޙޫރިއްޔާގެ ވިސްނުންފުޅަކީވެސް ރައްޔިތުންނަށް ދިމާވާ މައްސަލަތައް ސީދާ ރައްޔިތުންނާއި ހަމައިން އެނގިގެން ދުވަހުން ދުވަހަށް އެކަންތައްތައް ތަރައްޤީކޮށް ވީހާވެސ ްރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ދިނުމަށްޓަކައި މަސައްކަތްކުރުން ކަމަށެވެ.

”ރައްޔިތުންނަށް ޚިދުމަތް ދޭން ތިބި މީހުން ކުރާ ކޮންމެ ކަމެއްގައިވެސް ވިސްނަން އެބަޖެހޭ، އޭގައި ރައްޔިތުންނަށް ފައިދާ ހުރި ގޮތްތައް. ކުރާ ކޮންމެ ކަމަކުން ފައިދާ ނަގަން ފަށައިފިނަމަ، އެ ޚިދުމަތްތައް ބޭނުންވާ ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށެއް ނުދެވޭނެ. އަޅުގަނޑުމެންގެ އިހުލާސްތެރިކަން، އަޅުގަނޑުމެންގެ ވަފާތެރިކަން ބަހައްޓަން އެބަޖެހޭ. ދައުލަތަކީ، ސަރުކާރަކީ ރައްޔިތުންގެ ބެލެނިވެރިފަރާތް. ރައްޔިތުންނަށްޓަކައި އެދޭ ޚިދުމަތްތަކަކީ އެންމެ އިހުލާސްތެރިކަމާއެކު ދެވޭނެ ޚިދުމަތަކަށްވާން އޮތީ އަޅުގަނޑުމެން ސަރުކާރު ކުންފުނިތައް ހިންގުމުގެ ނިޒާމް ރަނގަޅުކޮށް، ހިނގަމުން އައި ކަންތައްތަކަށް ނޫނެކޭ ބުނެގެން.

ވޭތުވެދިޔަ ދުވަސްތަކުގައި ވަކި ކަންތައްތަކަަކަށް އަމާޒުކުރެވިގެން މަސައްކަތްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ތެރޭގައި ވަކި ބަޔަކަށް ވަކި ރަށްތަކަކަށް އިހުމާލުވެފައިވާކަމަށެވެ. ނަމަވެސް މިސަރުކާރުން ރައްޔިތުންގެ މެދުގަިއ ތަފާތުކުރެމެއްނެތި ހަމަހަމކަމާއެކު ޚިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ނައިބު ރައީސް އެރުވިއެވެ.

“ މި ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްްގުތަކާއި އެ ހިދުމަތްތައް ބަރާބަރަށް ރައްޔިތުންގެ ޝަކުވާއެއް އޭގައި ނޯންނާނެ ފަދަ، ހާމަކަން ބޯޑު ގޮތަކަށް އެކަންތައްތައް ކޮށްދިނުން. އެގޮތުން ފެނަކައިގެ ފަރާތުން ކުރިއަށް އޮތްތާގައިވެސް ރާއްޖޭގެ އިންޖީނުގެތައް ބަދަލުކުރުމާއި އިންޖީނުތަކުގެ ސައިޒު ބޮޑުކުރުމާއި ނެޓްވޯކުތައް ރަނގަޅުކުރުމާއި މިއި މެދުކެނޑުމެއް ނެތި ކުރަމުންދާނެ މަސައްކަތްތައް“

ކަރަންޓުގެ ޚިދުމަތަކީ ވަރަށް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ކަރަންޓުގެ ޚިދުމަތުގެ މުހިންމުކަން އިހުސާސު ކުރެވެނީ އެންމެ މިނެޓަކަށްވެސް ކަރަންޓާއި ނުލާ ދިރިއުޅެން ޖެހުމުން ކަމަށެވެ. އެކަމުގެ ދަތިކަމުގެ އިހުސާސް އެންމެންވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ރަށްތައް އާބާދުވެފައިވާ ގޮތުން ކުދި ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާތީ ޚިދުމަތް ދިނުމުގައި ދަތިތަކެއް އެބަހުރިކަމަށާއި ނަމަވެސް އެއީ ޚިދުމަތް ދިނުމުގައި ބަހަނާއެއް ކަމަށްވަނީ ނަމަ ރައްޔިތުންއނަށް ޚިދުމަތެއް ނުދެވޭނެ ކަމަށެވެ. ކުރާ ކޮންމެ ކަމެއް ބައްޓަންކުރަންޖެހޭނީ ހުރިހާ ކަމަކަށް ވިސްނައިގެން ޚދުމަތް ދެވޭނެ ފަދަ ގޮތްތަކެއް ހޯދައިގެން ކަމަށް ވިދާޅުވިއެވެ.

“ އެހެންވީމާ ފުރަތަމަކަމަކަށް މިހުރިހާ ކަމަކަށް ބަލައިގެން ހުރިހާރަށެއްގެ ރައްޔިތުންނަށް، އާދެ! މިއަދުގެ ސަރުކާރުގެ ސިޔާސަތާއި އެކު ވަކި ތަފާތުކުރެމެއްނެތި ހަމަހަމަ ގޮތެއްގަިއ ޚިދުމަތްދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ“

ފާއިތުވި އެއް އަހަރު ތެރޭގައި ފެނަކައިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ އެކުންފުނިން 154 ރަށުގައި އިންޖީނުގެ ބަލަހައްޓަމުންދާ ކަމަށެވެ. އެއީ ފަސޭހަ ކަމެއް ނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގިނަރަށްރަށުގެ އިންޖީނުގެ ބަދަލުކުރުމާއި އިންޖީނުގެ ހުރި ފެންވަރަކީ މި ޒަމާނަށް އެއްވެސް ގޮތަކުން ”ފިޓުވާ“ތަންތަން ނޫން ކަމަށާއި އެތަންތަނުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ވަރަށް ބާރަށްކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. ފާއިތުވި އެއް އަހަރު ދުވަހުވެސް 60ށް ވިރެ ގިން އިންޖީނު އެކި ރަށްރަށަށް ފޯރުކޮށްދީފައިވާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކަރަންޓުގެ ޚިދުމަތަކީ ވަރަށް ބޯޑު ޙޭދައެއް ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ހާއްސަކޮށް ޑީސަލް އެންދުމަކީ ވަރަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ޑީސަލް އެންދުމުން ތިމާވެއްޓަށްކުރާ ގެއްލުމަކީވެސް މިއީ ވިސްނާލުން މުހިންމު ކަމެއް ކަމަށާއި މިނޫންގޮތެއްް ހޯދަން ޖެހޭކަމަށް ވިދާޅުވިއެވެ. އެންމެ ފަހުގެ ޓެކޮނޮލޮޖީއަށް ދިވެހިން އެނބުރި އެއަށް އހަުލުވެރިވާނެ ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކުންވެސް ހޮދާފައިވާ ކާމިޔާބީތައް ބޭނުންކަމަށް ވަނީނަމަ ފަހުގެ ޓެކްނޮލޮޖީއަށް އަހުލުވެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: