ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދައުރުގެ ތެރޭގައި ރަޖިސްޓަރީއާއި އެކު ގޯތިވެސް ދޭނެ: މުއްތަލިބް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދައުރުގެ ތެރޭގައި ރަޖިސްޓަރީ ހައްދާ ގޯތިވެސް ދޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ދެއްވި އިންޓަރވިއުގައި މިނިސްޓަރ ވިދާޅުވީ އެއްވެސް ޕްރޮޖެކްޓަކީ ނުފަށާ ޕްރޮޖެކްޓެއް ނޫން ކަމަށާއި ނުފަށާ އޮތް އެއްވެސް ޕްރޮޖެކްޓެއް މީގައި ނުހިމެނޭނެ ކަމަށެވެ. އަދި ރަސްމާލެ ޕްރޮޖެކްޓަކީވެސް ކުރިއަށްދާ ޕްރޮޖެކްޓެއް ކަމަށާއި އެތަން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ދައުރުގެ ތެރޭގައި ރަޖިސްޓަރީ ހައްދާ، ގޯތިވެސް ދޭނެ ކަމަށެވެ. ފުލެޓުތަކަށް ބަލާއިރުވެސް 7،900 އއީ ފައިނޭންސް ޔަގީން ކުރެވިފައިވާ ފުލެޓުތައް ކަމަށާއި، އެހެންނަމަވެސް އެއަށްވުރެ ގިނައިންވެސް ހުރި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

”2008 ގެ ފަހުން އެއްވެސް ސަރުކާރަކަަށް އެ ސަރުކާރަކުން ފެށި ޕްރޮޖެކްޓްތަކެއް ނިންމައި ފްލެޓަށް މީހުން ވެއްދިފައެއް ނުވޭ. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެކަން ބަދަލުކުރާނަން. އަޅުގަނޑުމެންގެ އަމާޒަކީ މި މަސައްކަތްތައް ނިންމައި މީހުންނަށް ދިރިއުޅެވޭވަރު ކުރުން“

ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިހާރު ވަނީ މި ޕްރޮގްރާމްގެ ދަށުން ފްލެޓާއި ބިން ދޫކުރުމުގެ އުސޫލުތައް އާންމުކޮށްފައެވެ. މި އުސޫލުތަކުގައިވާ ގޮތުން، ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މިއަދުން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށެވެ. އެހެންކަމުން މިއަދު ހެނދުނު 9:00ކުން ފެށިގެން ޕޯޓަލް މެދުވެރިކޮށް، ފޯމު ހުށަހެޅޭނެ އެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1,250 އަކަފޫޓެވެ. މިއީ ގިނަ އަދަދެއްގެ އާއިލާތަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިގެންދާނެ އުންމީދީ އަދަދުތަކެކެވެ.

ގޯތި ދޫކުރުމުގައި ދެ ކެޓަގަރީއަކަށް ވަނީ ބަހާލެވިފައެވެ. ފުރަތަމަ ކެޓަގަރީއަކީ މާލޭގެ ރަށްވެހިންނާއި ހާއްސަ އިސްކަންދެވޭ ފަރާތްތަކެވެ. މި ފަރާތްތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓަ މާލޭ ސަރަހައްދުންނާއި އަލަށް ތަރައްގީކުރާ ރަސްމާލެއިންނެވެ. ދެވަނަ ކެޓަގަރީގައި ހިމެނެނީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނެވެ. މި ކެޓަގަރީގެ ފަރާތްތަކަށް ގޯތި ދޫކުރާނީ ރަސްމާލެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: