ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އަސްލު ބޭނުންވަނީ ދެވަނަ ދައުރެއް ރައީސް ޑރ މުއިއްޒުއަށް ހޯދަދޭން: އަލީ ހުސައިން

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަސްލު ބޭނުމަކީ ދެވަނަ ދައުރެއް ރައީސް ޑރ މުއިއްޒުއަށް ހޯދުމަށް ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން  ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ ހަބަރަށްފަހު“ ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ އިންތިހާބުތައް ބޭއްވުމުގެ ޚަރަދު ކުޑަކުރުމަށް ދެ އިންތިހާބު އެއްކުރާ ވާހަކައަކީ ބަހަނާއެއްކަމަށާއި، ހަރަދުކުޑަކުރުމަށް ކުރަންޖެހޭ އެހެނަސް ނުކުރެވި ހުރި ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ.

މިސަރުކާރުން އިންތިހާ ދަރަޖައަށް ސިޔާސީ މަގާމުތައް އިތުރުކުރަމުންދާކަމަށް ވިދާޅުވެ އަލީ އިތުރަށް ވިދާޅުވެފައި ވަނީ ކޮންމެ މިނިސްޓްރީއެއްގައި ވެސް ސިވިލް ސާވަންޓުންގެ އަދަދާއި އެއްވަރަށް ސިޔާސީ މީހުން ލައިގެން މި ކުރަނީ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ.

މީގެ މިސާލެއްގެ ގޮތުން އަލީ ހުސެއިން ފާހަގަކުރައްވާފައި ވަނީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީއަށް މީގެ ކުރިން ލިބެމުން އައި އާމްދަނީގެ 45 އިންސައްތައަކީ އެތަނުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ދެމުން އައި މިންވަރު ކަމުގައި ވިޔަސް މިހާރު އެ އަދަދު 65 އިންސައްތަ އަށް ވުރެ ވެސް ގިނަވެފައިވާކަމެވެ.

ހަމައެހެންމެ މިފްކޯއަށް ބަލާއިރު މި ކުންފުނި ހިންގުމުގެ ހަރަދަށް އެކަނި 60 މިލިއަން ހަރަދުވާއިރު، މި ކުންފުންޏަށް ލިބޭ އާމްދަނީ އަކީ 40 މިލިއަން ކަމަށްވެސް އަލީ ވިދާޅުވިއެވެ.

މެދުފަންތީގެ ރިސޯޓުތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތްކަތުގައި އުޅެނީ އެންމެ 8 ވަރަކަށް މީހުން ކަމަށް ވާއިރު، 800 އެއްހާ މީހުން ދިރިއުޅޭ ރަށްތަކުގައި ފެނަކައިގައި މަސައްކަތްކުރުމަށް 50 އަށްް ވުރެ ގިނަ މީހުން ލާފައި ތިބުމަކީ ހިފެހެއްޓުމެއް ނެތް މިންވަރުގެ  އިސްރާފެއްކަމަށް ވެސް އަލީ ވަނީ ވިދާޅުވެފައެވެ.

މީހުންގެ ގޯތިން ދައުލަތުގެ އޮފީސްތައް ހިންގުމަށް ނަގާފައިވާ އިމާރާތްކަށް އަހަރަކު 200 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށާއި މިއީ 5 އަހަރަށް ބަލާނަމަ 1 ބިލިއަން ރުފިޔާކަމަށް ވެސް އަލީ ވިދާޅުވިއެވެ. މިއީ މަދުކުރަން ޖެހޭ ހަރަދެއް ކަމަށް ފާހަގަކުރައްވާ އަލީ ވިދާޅުވީ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ އެމްޓީސީސީ އޮތީ ދައުލަތުގެ ދަށުގައި ކަމަށާއި މި މީހުން ލައްވާ މި މަސައްކަތް ކުރުވުން މާ ރަނގަޅުކަމަށެވެ.

އަލީ ވިދާޅުވީ ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ މި ދެކެވޭ ވާހަކައަކީ ބިލާހެއްކަމަށާއި، މީގެ އެންމެ މުހިންމު ކަމަކީ ހަރަދު ކުޑަކުރުން ނޫންކެމެވެ. ސަރުކާރުން އަސްލު ބޭނުންވަނީ ދެވަނަ ދައުރެއް ރައީސް ޑރ މުއިއްޒުއަށް ހޯދުމަށްކަމަށެވެ.

އެބޭފުޅުން ފުރަތަމަ ބޭނުންވީ ދައުރު ދަންމާލުމަށް ކަމަށް މައުލޫމާތު ލިބިފައި ވާކަމަށާއި ނަމަވެސް އެކަމަށް ރައްޔިތުން މަޖިލީހުގެ ތާއިދު ނުލިބުމުން މަޖިލީހުގެ ދައުރުން ހަމަސް ދުވަސް މަދުކޮށް ދެ އިންތިހާބު އެއްކޮށްލަން ބޭނުންވީ ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ.

ދައުރުން ބޭރުގައި ބޭއްވިގެންދިޔަ ޖަލްސާއާއި ބެހޭގޮތުން އަލީ ވިދާޅުވީ މިއީ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވާހާ މުހިންމު ކަމެއް ނޫންކަމަށާއި އައު ދައުރެއް ފެށުމުންވެސް މި ޖަލްސާ ބޭއްވިދާނެކަމަށެވެ. އަދި މި ޖަލްސާ މިދިޔަ ދައުރުގައި ނުބޭއްވީ ކީއްވެގެން ކަމާއިމެދުވެސް އަލީ ވަނީ ސުވާލު އުފައްދާފައެވެ. އަދި މިކަމުން ޔަގީންވެފައިވާ ކަމަކީ ރައީސް ޑރ މުއިއްޒުއަށް މަޖިލީހުގެ ކޮންޓްރޯލް ވަރަށް ބޮޑަށް ގެއްލިފައިވާ ކަން ކަމަށް އަލީ ވަނީ ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުންވަނީ ރައީސް މުއިއްޒު ބޭނުންވެލައްވާ ކޮންމެ ގޮތަކަށް އިސްލާހުތައް ނުގެނެވޭނެކަން ވަރަށް ބޮޑަަށް ސާބިތުކޮށްދީފައި ކަމަށާއި މިހާރު އެއުޅުއްވަނީ ގާނޫނު އަސާސީއަށް އިސްލާހު ހުށައަޅާފައި އެ އިސްލާހު ތަސްދީގު ކުރަން ރައްޔިތުންގެ ފަރާތުން ފެންނަ ނުފެންނަ ވޯޓެއް ނަގަން ކަމަށް ވެސް އަލީ ވިދާޅުވިއެވެ. މިކަމާއި ގުޅޭ ގޮތުން އަލީ ވަނީ މީޣެ ކުރީގެ ބޮލްތައް ފާސްކުރުމަށް ރައްޔިތުންގެ ކިބައިން ފެންނަ ނުފެންނަ ވޯޓު ނުނެގީ ކީއްވެ ކަމާއިމެދު ސުވާލު އުފައްދާފައެވެ.

މި ކަމުންވެސް އެނގިގެންދަނީ ގޯސްތަކެއް ހެދިފައި އެބަހުރިކަން ކަމަށާއި، ނަމަވެސް މިފަހަރު ރައްޔިތުންގެ ވޯޓަކަށް ދާން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ޖެހޭނީ އޭގައި ރައްޔިތުންގެ ބަހެއް އޮވެގެން

ދެ އިންތިހާބު އެއްކޮށްލުމުގެ ވިސްނުމަކީ ވަރަށް ދެކޮޅު ވިސްނުމެއް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: