ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތް ކުރުމުގައި ރައީސް މުއިއްޒު މޭޔަރުކަމުގައި ދެއްކެވި ނަމޫނާގައި ހިފަހައްޓާނަން: މޫސާ އަލީ ޖަލީލު

ޖަލްސާގައި މޫސާ އަލީ ޖަލީލް ވާހަކަ ދައްކަވަނީ ފޮޓޯ: މިހާރު - ފަޔާޒް މޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަގާމުގައި ދެއްކެވި ނަމޫނާގައި ހިފަހައްޓަވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.

މޭޔަރ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ އަލީ ޖަލީލު ފާހަގަކުރެއްވި ގޮތުގައި، 2011 ވަނަ އަހަރު މާލެ ސިޓީ ކައުންސިލްގެ ނިޒާމު ތައާރަފުވި ފަހުން ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި، މާލޭގެ ރައްޔިތުންނަށް ކައުންސިލުން އާރުލާ، އެކަށީގެންވާ ފެންވަރެއްގެ ހިދުމަތްތަކެއް ފޯރުކޮށްދެވިފައެއް ނެތެވެ.

އެހެން ނަމަވެސް، އެ ހާލަތު ބަދަލުވެގެންދިޔައީ 2021 ވަނަ އަހަރު ބޭއްވުނު އިންތިހާބުގައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ރައީސް މުއިއްޒު މޭޔަރުކަމަށް އިންތިޚާބު ކުރި ހިސާބުންކަމަށް މޫސާ އަލީ ޖަލީލު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މޭޔަރުކަމުގައި ހޭދަކުރެއްވި ދެ އަހަރާއި ފަސް މަސް ދުވަހަކީ މާލޭގެ މުނިސިޕަލް ހިދުމަތުގެ ”ރަންޒަމާން“ ކަމަށް މޫސާ އަލީ ޖަލީލު ސިފަކުރެއްވިއެވެ.

މި މުއްދަތުގެ ތެރޭގައި ރައީސް ވަނީ ރައްޔިތުންގެ ބައްދަލުވުންތައް ސިލްސިލާކޮށް ބާއްވަވައި ރައްޔިތުންގެ އަޑު ގާތުން އަހާފައިކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގައި ހައްލުނުވެ ގިނަ ދުވަސްވެފައި ހުރި އެތައް މައްސަލައަކަށް އަމަލީ ހައްލު ހޯއްދަވައިދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

މޫސާ އަލީ ޖަލީލު ވިދާޅުވީ، އޭނާ މޭޔަރުކަމަށް ކުރިމަތިލީ ރައީސް ދެއްކެވި ހިތްވަރު ނަމޫނާއަކަށް ބަލައިގެން ކަމަށެވެ. އަދި އޭނާގެ މަސައްކަތް ބިނާކުރާނީ ރައީސް ހިންގެވި ތަރައްގީގެ މަގުން، އެ ފިޔަވަޅު މަތީގައި ހުންނަވައިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: