ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ މަސައްކަތްތެރިން، ރާއްޖެއިން އަހަރަކު 129 މިލިއަން ޑޮލަރު ބޭރުކުރޭ!

ސްރީލަންކާ - މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 17 ވަނަ އޭޖީއެމްގެ ތެރެއިން/ ފޮޓޯ: ސުދޭޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތް ކުރާ، ސްރީލަންކާގެ މަސައްކަތްތެރިން އަހަރަކު 129 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭރު ކުރާކަމަށް ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ކުރީގެ ރައީސް ސުދޭޝް މެންޑިސް ވިދާޅުވެއްޖެ އެވެ.

ންކާގެ ”ޑެއިލީ ނިއުސް“ އަށް ދެއްވި އިންޓަވިއުއެއްގައި ސުދޭޝް މެންޑިސް ވިދާޅުވި ގޮތުގައި 21،000 އަށް ވުރެ ގިނަ ސްރީލަންކާ ރައްޔިތުން މިހާރު ރާއްޖޭގައި ވަޒީފާ އަދާކުރަމުންދެއެވެ. އަދި މި މުވައްޒަފުންގެ ފަރާތުން އަހަރަކު ގާތްގަނޑަކަށް 129 މިލިއަން އެމެރިކާ ޑޮލަރު ރެމިޓެންސްގެ ގޮތުގައި ލަންކާގެ އިގްތިސާދަށް ވަންނަމުންދާކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ލަންކާ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހަރަކާތްތެރި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ.

ތަފްސީލު ދެއްވައި ސުދޭޝް ވިދާޅުވީ ވޭތުވެދިޔަ 52 އަހަރުގެ ތެރޭގައި، ރާއްޖެ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ލަގްޒަރީ މަންޒިލަކަށް ބަދަލުވެފައިވާކަމަށެވެ. އަދި މިހާރު ރާއްޖޭގައި 168 ރިސޯޓު، 883 ގެސްޓްހައުސް، 13 ހޮޓާ އަދި 152 ސަފާރީ އުޅަނދުން ހިދުމަތް ދެމުންދާއިރު މީގެ ތެރޭގައި ވޯލްޑޯފް އެސްޓޯރިއާ، ކޮންރަޑް، ސޮނެވާ، ޝެވަލް ބްލާންކް، ސެންޓް ރެޖިސް، ރިޓްޒް ކާލްޓަން، ފޯ ސީޒަންސް، ހިލްޓަން އަދި ވަން އެންޑް އޮންލީ ފަދަ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ހިމެނޭކަން ފާހަގަކުރި އެވެ.

ރާއްޖޭގެ މި ކުރިއެރުމުގައި ލަންކާގެ އިންވެސްޓަރުން މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، ސުދޭޝް ވިދާޅުވީ ސިނަމަން ހޮޓެލްސް އެންޑް ރިސޯޓްސްއިން ހަތަރު ރިސޯޓު، އެއިޓްކެން ސްޕެންސްއިން ފަސް ރިސޯޓެއް ބަލަހައްޓާ ކަމަށެވެ.

ރާއްޖޭގެ ބައެއް އަލްޓްރާ-ލަގްޒަރީ ވިލާތަކުގެ އަގު ރެއަކަށް 75،000 ޑޮލަރަށް އަރާއިރު، އާންމުކޮށް ރިސޯޓުތަކުގެ އަގުތައް އުޅެނީ 150 ޑޮލަރާއި 1،500 ޑޮލަރާ ދެމެދުގައިކަން ވެސް އޭނާ ފާހަގަކުރި އެވެ.

މީގެއިތުރުން ސުދޭޝް ވިދާޅުވީ ލަންކާގެ އުފެއްދުންތަކަށް ރާއްޖޭގެ ރިސޯޓުތަކުގައި ބޮޑު ތަރުހީބެއް އޮތް ނަމަވެސް، އަގުތަކަށް އައި ބަދަލުތަކާއި ސިޔާސަތުތަކަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން، ރާއްޖޭގެ މާކެޓުގައި ލަންކާގެ ހިއްސާ 3.72 އިންސައްތައަށް ދަށްވެފައިވާ ކަމަށެވެ.

ރާއްޖޭގެ ތަރައްގީގައި ލަންކާއިން މުހިންމު ދައުރެއް އަދާކުރިކަމަށް އިޝާރާތް ކުރައްވައި ސުދޭޝް ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ހޯދައިދިނުމަށް އެހީތެރިވުމާއި، ފުރަތަމަ ވިޔަފާރި ދަތުރުތައް ފެށުމާއި، ހުޅުލެ އެއާޕޯޓް ތަރައްގީކުރުމާއި، އަދި ސީލޯން ޓުއާޒް މެދުވެރިކޮށް ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުން މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ސަގާފީ ގުޅުން ވެސް ވަރަށް ބޮޑުތަނުން ބަދަހިވެފައިވާކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށްވެސް ލަންކާއިން އެހީތެރިކަން ފޯރުކޮށްދިންއިރު، ލަންކާއަށް ދާދިފަހުން ދިމާވި އިގްތިސާދީ ދަތިކަމުގެ ތެރޭގައި، ރާއްޖޭގެ ވެރިންނާއި، ވިޔަފާރިވެރިންނާއި، މީޑިއާ އަދި އާންމު ރައްޔިތުންނާއި ސްކޫލް ދަރިވަރުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަކަމަށް ވަނީ ވިދާޅުވި އެވެ.

ސުދޭޝް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޮލަކަށް ޖެހޭ އާމްދަނީ 13,216 އެމެރިކާ ޑޮލަރުގައި ހުރުމާއެކު، ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެހެންކަމުން މިއީ މިއީ ލަންކާގެ ބޮލަކަށް ޖެހޭ އާމްދަނީ ކަމަށްވާ 4،516 ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ސުދޭޝް ވިދާޅުވި ގޮތުގައި 2023 ގައި ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ހުރީ 6.59 ބިލިއަން ޑޮލަރުގައެވެ.

މިއީ އެންމެ 530،000 މީހުންގެ އާބާދީއަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެއްކަމަށާއި، ލަންކާއިން ޖެހޭނީ އެންމެ ގާތް އެއް އެކުވެރިޔާގެ މި އިގްތިސާދީ ކުރިއެރުމުގެ ތެރެއިން ލިބޭ ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ސަމާލުކަންދޭންކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ސުދޭޝް މަގާމުން ވަކިވުމުގެ ކުރިން އޮތް ސްރީލަންކާ – މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 17 ވަނަ އޭޖީއެމްގައި ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ގުޅޭގޮތުން އެ ވީޑިއޯގައި ވާހަކަ ދައްކަވަ އެވެ. އެގޮތުން އެ ގައުމަށް ކުރިމަތިވި އީސްޓަރ އެޓޭކަށް ފަހު ގިނަ އަދަދެއްގެ ދިވެހިން ރާއްޖެއަށް އަލުން ދިރިއުޅުން ބަދަލު ކުރިކަމަށް ވިދާޅުވި އެވެ. އޭރު އެ ހަމަލާއާއި ހަމައަށް ލަންކާގައި ދިރިއުޅުނީ 17،000 ދިވެހިން ނަމަވެސް މިހާރު އެ އަދަދު 2،000 އަށް ވެސް ނާރާކަމަށް އޭނާ ވިދާޅުވި އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު މިހާ ދަށްވީ ކޮން ސަބަބަކާއި ހުރެތޯ ބަލަން ޖެހޭކަމަށް ސުދޭޝް ވިދާޅުވި އެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮން ބައެއްތޯ ސުވާލު ކުރެއްވި އެވެ.

ސުދޭޝް މިހެން ވިދާޅުވި އިރު، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާތީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު ސަފީރު މަސްއޫދު އިމާދު ކަންބޮޑުވުންފާޅު ކުރައްވާފައި ވެއެވެ. ނަމަވެސް ކައުންސިލް އޭޖީއެމް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: