ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތައުލީމުގެ ފެންވަރާއި، އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅަން މަޖިލީހަށް

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަތީ ތައުލީމުގެ ފެންވަރާއި، އިތުބާރު ހިފެހެއްޓުމަށް ހާއްސަ ފިޔަވަޅުތައް އަޅައިދޭން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިއްޖެ އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ ޑިޕްލޮމާއާއި، ޑިގްރީ ފަދަ އެކި ސަނަދުތަކުގެ ކޯސްތަކުގައި ބައެއް ދަރިވަރުން އެހެން މީހުންގެ ފިކުރީ މަސައްކަތްތައް ނަކަލުކޮށް އެ މީހުން ލައްވައި މަސައްކަތް ކުރުވުން އިތުރުވެފައިވާކަމަށެވެ. އަދި ޖެނެރޭޓިވް އޭއައި ބޭނުން ކުރުން ހުއްޓުވައި، މަތީ ތައުލީމުގެ ފެންވަރާއި އިތުބާރު ހިފެހެއްޓުމަށް ކުރަން ފެންނަ ކަންކަމާއި މެދު ގޮތެއް ނިންމުމަށް މައްސަލައިގައި އެދިފައި ވެއެވެ.

ރާއްޖޭގައި ތައުލީމީ ފުރުސަތުތައް ފަހިވަމުންދާއިރު، އޮންލައިންކޮށް ކިޔެވުމަށް އޮތް އިހުތިޔާރު ވެސް ފުޅާވެފައިވާކަން ކުޑޫ ފާހަގަކުރެއްވި އެވެ. މީގެ ސަބަބުން ރަށުގައި ތިބެގެން ވެސް ތައުލީމު ފުރިހަމަކޮށް، އުނގެނުމަށް ފުރުސަތު ކުރިޔަށް ވުރެ ބޮޑުކަމަށް ވިދާޅުވި އެވެ.

މި ހުރިހާ ފުރުސަތެއްގެ ތެރެއިން ވެސް އޮތް ކަންބޮޑުވުމެއްގެ ގޮތުގައި ކުޑޫ ވިދާޅުވީ، ތައުލީމީ ފެންވަރާއި ނަޒާހަތްތެރިކަމާއި ގުޅޭ އެކި މައްސަލަތައް ފެންމަތިވެގެން އައުމެވެ. އެގޮތުން އޮންލައިންކޮށް ބާއްވާ އިމްތިހާނުތަކުގެ، ޓްރާންސްޕޭރެންސީ ކިހާ މިންވަރަކަށް އޮތްތޯ މައްސަލައިގައި ވެއެވެ.

ކުޑޫ ވިދާޅުވީ ކޯސްތައް ފުރިހަމަ ކުރާއިރު، އެހެން މީހުންގެ މަސައްކަތްތައް ކޮޕީ ކުރުމާއި އެކު، އެހެން މީހުން ލައްވައި އެސައިންމަންޓުތައް ނުވަތަ ކޯހުގެ މަސައްކަތްތައް ފުރިހަމަ ކުރުވާކަމަށެވެ. އެއާއި އެކު އޮންލައިން އޭއައިގެ އެހީ ބޭނުންކުރާއިރު، އެކަން ދެނެގަނެވޭނެ ފުރިހަމަ މެކޭނިޒަމްއެއް ނެތްކަމަށް ވިދާޅުވި އެވެ. މީގެ ސަބަބުން އެފަދަ ފުރުސަތުތަކުގެ ތެރެއިން ކޯހުން ފާސްވުމުގެ ފުރުސަތު އޮންނަކަމަށް ކުޑޫ ވިދާޅުވި އެވެ.

މީގެއިތުރުން ކުޑޫ ވިދަޅުވީ ބައެއް ކޯސްތަކުގެ ފެންވަރު ދަށްވެ، އެކި އިހުމާލުތައްވާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް އެކަށީގެންވާ ގޮތެއްގައި މައްސަލަ ބަލައި ފިޔަވަޅު ނޭޅޭ ކަމަށެވެ.

މިފަދަ މައްސަލަތައް ހައްލު ކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ކޯސްތަކުގެ މިންގަޑު ބަލަހައްޓައި ތަންފީޒު ކުރުމަށް އިދާރާތަކުން ކުރާ މަސައްކަތް ހިމެނޭކަމަށް ކުޑޫ ވިދާޅުވި އެވެ.

އެހެންކަމުން މިކަމުގައި މަޖިލީހަށް އެޅިދާނެ ފިޔަވަޅުތައް ހުރިކަމަށް ގަބޫލު ކުރެވޭތީ، ކުޑޫ ވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ، އޭނާ ވިދާޅުވީ އެންމެ މުހިންމީ ރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އަގާއި ބައިނަލްއަޤުވާމީ އިތުބާރު ދެމެހެއްޓުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: