ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ބަރަކާތްތެރި ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކުރިއަށްގެންދާ ”ރޯދަ ސޭލް“ ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ރޯދަމަހަށް ގޭތެރެ މަރާމާތުކޮށް ޒީނަތްތެރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުގައި ކުލައާއި ދަވާދު އަދި މަރާމާތަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމެވެ.

މި އަހަރުގެ ރޯދަ ސޭލް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ 21 ޖެނުއަރީ 2026 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯރޫމްގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ވެލިގާގެ ޑިރެކްޓަރ ޒައިދު މުހައްމަދެވެ. މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓަރ މުހައްމަދު އީމާން އާއި ސިންގަޕޫރުގެ ނިޕޯން ޕެއިންޓުގެ ޑެލިގޭޓުން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބޮޑެތި ޑިސްކައުންޓްތަކާއި އިނާމުތައް

މި އަހަރުގެ ޕްރޮމޯޝަންގައި އެސްޓީއޯ އިން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ އުފެއްދުންތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ އުފެއްދުންތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބޭއިރު، މަކިޓާގެ ބައެއް ޓޫލްސްތަކުން %70 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ވެލިގާ ހާޑްވެއަރއާ ގުޅިގެން ކުރިއަށްގެންދާތީ، އެ ފިހާރައިން ވިއްކާ ނިޕޯން ޕެއިންޓުގެ އުފެއްދުންތަކުންވެސް މި ޑިސްކައުންޓްތައް ލިބޭނެއެވެ.

ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު، ގުރުއަތުން ހޮވޭ އެއްވަނަ ފަރާތަކަށް 50,000 ރުފިޔާގެ ވައުޗަރެއް، ދެވަނައަށް 20,000 ރުފިޔާގެ ވައުޗަރެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ސްޓޯން ހޮޓެލްގައި ދެ ބޭފުޅަކަށް ދެ ދުވަހުގެ ހުރުން ލިބިގެންދާނެއެވެ.

ޕްރޮމޯޝަން ކުރިއަށްދާނެ ތަންތަނާއި މުއްދަތު

މި ޕްރޮމޯޝަން ކުރިއަށްދާނީ 22 ޖެނުއަރީ 2026 އިން ފެށިގެން 26 މާރިޗު 2026 ގެ ނިޔަލަށެވެ. ޑިސްކައުންޓްތައް ލިބޭނެ އައުޓްލެޓްތަކުގެ ތެރޭގައި އެސްޓީއޯ ކޮންސްޓްރަކްޝަންސް އަމީނީ މަގު ފިހާރަ، މާލެ މަކިޓާ ޝޯރޫމް، ހުޅުމާލެ ކޮންސްޓްރަކްޝަންސް ޝޯރޫމް އަދި މާލެއާއި ހުޅުމާލޭގައި ހުންނަ ވެލިގާ ހާޑްވެއަރގެ އައުޓްލެޓްތައް ހިމެނެއެވެ.

މީގެ އިތުރުން، އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުން ވިއްކާ ނިޕޯން ޕެއިންޓް އަދި މަކިޓާގެ އުފެއްދުންތަކުންވެސް މި ޑިސްކައުންޓްތައް ލިބޭނެ ކަމަށާއި، އެ އައުޓްލެޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށްވެސް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ. އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސުން އަންނަނީ ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް މިފަދަ ހާއްސަ ލުއިތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: