ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކާއި ހެދި ހުއްޓުނީ ކޮން ރަށެއްގެ، ކޮން މަޝްރޫއެއްކަން ބުނެދޭން ޖެހޭ: ނިޔާޒް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ނިޔާޒް ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ސަރުކާރުންވެފައިވާ ވައުދުތައް ފުއްދައިދީ، އެކަންކަން ތަންފީޒު ކުރުމުގައި ސަރުކާރަށް ކާމިޔާބީއެއް ނުފެނުމަކީ އެކަން ކައުންސިލްތަކުގެ ބޮލުގައި އަޅުވަން ޖެހޭ ސަބަބެއް ނޫންކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރިލް މަހު ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ އެކި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް އެއްބަސްވުންތަކުގައި ސޮއި ކުރިނަމަވެސް ބައެއް ދަތިތައް ދިމާވަމުންދާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރަށްތަކުގެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ދޫކުރުމުގައި ކައުންސިލުން ހުރަސްއަޅައި، ދަތިކުރުން ހިމެނެ އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ، ކައުންސިލްތަކުގެ ގާނޫނީ ޒިންމާއެއް ނޫނެވެ. އެކަމާއި ދެކޮޅަށް އެމްޑީޕީން ބަޔާނެއް ވެސް އާންމުކުރިއިރު އެ ޕާޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޔާޒް ވިދާޅުވީ މަޝްރޫއުތައް ކުރިޔަށް ނުދަނީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހޭތީއާއި، ސަރުކާރުން އެއްވެސް ޕްލޭނެއް ނުގެންގުޅޭތީ ކަމަށެވެ.

ނިޔާޒް ވިދާޅުވީ ރައީސް ސީދާ ރަށްތަކަށް ވަޑައިގެން މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ފަހު ވެސް މަސައްކަތް ކުރިޔަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުންކަމަށް ބުނުމަކީ ޖޯކު ވާހަތަކެއް ކަމަށެވެ. އަދި ވިދާޅުވީ ބިން ހަމަނުޖެހެނީސް ބިންގާ އަޅުއްވައިދެއްވައި، މަސައްކަތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަފާނެކަމަށް ބެލުމަކީ ވެސް ގޯހެއް ކަމަށެވެ.

ކައުންސިލްތަކުގެ ސަބަބުން ސަރުކާރަށް ދަތިވާކަމަށް ބުނެ ވާހަކަ ދެއްކެވުމަކީ، ކައުންސިލްތަކުގެ އަގުވައްޓާލުންކަމަށް ނިޔާޒް ސިފަ ކުރެއްވި އެވެ. އަދި ވިދާޅުވީ މިއީ ސަރުކާރުގެ ނާގާބިލުކަން ފޮރުވުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ކައުންސިލްތަކަކީ އެއީ ސަރުކާރު ބުނާހާ ގޮތަކަށް، ފަންކްޝަން ކުރަން އޮތްތަނެއް ނޫންކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަކި ގާނޫނީ ޝަހުސެއްގެ ގޮތުގައި އޮތް ކައުންސިލްތަކުން ސަރުކާރު ބޭނުންވާހާ ގޮތަކަށް ވެސް މަސައްކަތް ކުރަން ނުޖެހޭ ކަމަށެވެ.

މީގެއިތުރުން ނިޔާޒް ވިދާޅުވީ ކައުންސިލްތަކުގެ ސަބަބުން ނުހިނގާ އޮތީ، ނުވަތަ ކުރިޔަށް ނުގެންދެވި އޮތީ ކޮން ރަށެއްގެ ކޮން މަޝްރޫއުއެއްކަން ވެސް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: