ނ. ވެލިދޫއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ ފަތުރުވެރިކަމާއި ވިޔަފާރީތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވެލިދޫގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމއިްޔާތުގައި ސައީދު ވިދާޅުވީ މި ފެށުނު ހިދުމަތުގެ ސަބަބުން، ރައްޔިތުންނާއި ވިޔަފާރިވެރިންނާއި، ފަތުރުވެރިން އަދި ރަށައް ޒިޔާރަތްކުރާ މެހެމާނުންގެ އިތުރުން ރަށުގައި މަސައްކަތް ކުރާ އެކިއެކި ފަރާތްތައް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
ޓިކެޓްގެ އަގާއި އަދި އެއާޕޯޓުން ރަށަށް އަންނަން ހޭދަވާ ވަގުތައް ބެލިކަމުގައިވީ ނަމަވެސް ބޮޑު ލުޔެއް ލިބިގެެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެެ.
”ބަރަކާތްތެރި ރަމަޟާން މަސް ކުރިއށް މިއޮތީ. އޮތް އިރުގައި ކާބީތަކެއްޗާއި، ވިޔަފާރީގެ މުދާ އެންމެ ގިނައިން ގެންނަ އެއްރަށަށް ވާނެ ވެލިދޫ ހަމަ ގައިމުވެސް. މި އތޮޅަށް ބެލިނަމަވެސް. ވެލިދޫއަކީ ސިނާއީ މަސައްކަތްތައްވެސް ކުރާ އަދި ވިޔަފާރީގެ މަސައްކަތް ވެސް ކުރާ ރަށަކަށްވާތީ އަޅުގަނޑޫ މި ނަޒަރިއްޔާތު މި ނެގީ“
ސައީދު ވިދާޅުވީ ކުރިއަށް އަދި ގިނަ މަސައްކަތްތަކެއް ހުރި ކަމަށާއި އަދި އެޕޯޓުތަކާއި، ސީޕްލޭންގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ނ އަތޮޅަށް ބޑެތި ތަރައްގީތައް އަންނާނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

