މާލެ ސަރަހައްދުގައި މިރޭ މަސްދަޅުކޭސް ބެހުމުގެ މަސަތްކަތް ފަށާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފި އެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައިވަނީ މިރެއިން ފެށިގެންނެވެ. އެގޮތުން، ކޮންމެ ރެއެއްގެ 8:00އިން ފެށިގެން 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރާނެކަމަށް ސިޓީތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން މަސައްކަތްކުރައްވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށްވެސް މަސްދަޅުކޭސް ބަހާ ނިންމާލުމަށެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމަށްޓަކައި ޖުމުލަ 15 މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ. މި މަސައްކަތް ފަސޭހަކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ޚާއްޞަ ޕޯޓަލްއެއް (roadhahadhiya.mv) ވަނީ ތައާރަފުކޮށްފައެވެ.
މަސްދަޅުކޭސް ބެހުމަށް ހަމަޖެހިފައިވާ ތަންތަނަށް ބަލާއިރު
މާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
މިފްކޯ މަރުކަޒު
ސޯޝަލް ސެންޓަރު
އެމްޓީސީސީ ސޯމިލު
ހެންވޭރު ބޯޅަދަނޑު
ގަލޮޅު ދަނޑު
ހުޅުމާލެ ފޭސް 1 ގައި މަސްދަޅުކޭސް ބަހާ ތަންތަން:
ޢުމަރުޒާހިރު ބިލްޑިންގް
ޕޮލްކޯޓަވަރ
މުހައްމަދު ޤާސިމް ޕްރީސްކޫލް
ހުޅުމާލެ ފޭސް 2 ގައި މަސްދަޅުކޭސް ބަހާ ތަންތަން:
ކާމިލުދީދީ ސްކޫލް
ހިޔާޓަވަރު 10
އެމްޕީއެލް ޓަވަރު ޕީ
ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
ވެމްކޯސައިޓު
ރޯދަމަހަށް ޚާއްޞަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރޯދަމަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ވިދާޅުވެފައެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަމަހުގެ 18ވަނަ ދުވަހެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.
ރޯދަ ހަދިޔާ ބަހާ މަރުކަޒުތަކުން ތަކެތި ދޫކުރަން ފަށާނީ 24 ޖަނަވަރީ 2026 ގައެވެ. އަދި މި ހަރަކާތް 11 ފެބުރުވަރީ 2026 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. އާންމުންނަށް މިހާރު ޕޯޓަލް މެދުވެރިކޮށް ޓޯކަން ނަންބަރު ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތުން roadhahadhiya.mv މެދުވެރިކޮށް ޓޯކަން ނަމްބަރު ނެގޭނެއެވެ.

