ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިމާއި ފުލެޓަށް އެދި 1616 އެޕްލިކޭޝަން މިހާތަނަށް ހުށައަޅައިފި

ބިމާއި ފުލެޓަށް އެދި 1616 އެޕްލިކޭޝަން މިހާތަނަށް ހުށައަޅައިފި! -- ފޮޓޯ: ހައުސިންގ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ”ޢާއިލީ ބޯހިޔާވަހިކަން“ ޕްރޮގްރާމަށް ކުރިމަތިލުމަށް 1616 އެޕްލިކޭޝަން ލިބިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 18 ވީ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައެވެ.

ހައުސިންގ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފްލެޓަށް އެދި ހުށަހަޅާފައިވާ 1160 އެޕްލިކޭޝަނާއި، ބިން ނުވަތަ ގޯއްޗަށް އެދި ހުށަހަޅާފައިވާ 456 އެޕްލިކޭޝަނެވެ. އަދި ޑްރާފްޓް ސްޓޭޖުގައި 7605 އެފްލިކޭޝަން ހުރި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ހައުސިންގ މިނިސްޓަރ ރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، މިއީ އެހެން ފަހަރުތަކާ ޚިލާފަށް ބޯހިޔާވަހިކަމެއް ނެތް ޢާއިލާތަކަށް ޚާއްސަކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ”ޢާއިލާތަކަށް އިސްކަންދިން ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް މި ޕްރޮގްރާމްގެ ދަށުން އެޕްލައިކުރުމުގެ ފުރުސަތު އޮންނާނެ،“ މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ހައުސިންގ މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މާރޗް މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އޮންނާނެއެވެ.

މި ޕްރޮގްރާމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ޕްރޮގްރާމަކަށް ވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި އެޕްލިކޭޝަން ހުށަހަޅާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މިނިސްޓްރީން ވަނީ ވީހާވެސް އަވަހަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: