ހުޅުމާލެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޓޯކޮށްފައިވާ އުޅަނދުގެ އަދަދު 14 އަށް އަރާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި ކަމާއި ގުޅިގެން، ފުލުހުން ވިދާޅުވެފައި ވަނީ، ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމަށާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 14 ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.
ޓޯ ކޮށްފައިވަ އުޅަނދުތަކުގެ ތެރެއިން 13 އުޅަނދަކީ ދެ ފުރޮޅުލީ އުޅަނދަށް ވާއިރު، ހަތަރު ފުރޮޅުލީ އުޅަނދުގެ ތެރެއިން ޓޯކޮށްފައިވަނީ އެންމެ އުޅަނދެކެވެ.
އުޅަނދުތައް ޓޯ ކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، ގަވާއިދާއި ހިލާފަށް ޕާކް ކުރުމުން ޓޯ ކޮށްފައި ވަނީ 1 އުޅަނދެވެ. އަދި ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން 10 ދެފުރޮޅުލީ އުޅަނދާއި 1 ހަތަރުފޮރޮޅުލީ އުޅަނދު ޓޯކޮށްފައިވާއިރު، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުންނާއި އެކްސިޑެންޓް ފަދަ ތަހުގީގު ކުރާ މައްސަލައެއްގެ ސަބަބުން ޓޯ ކޮށްފައިވަނީ އެންމެ އުޅަނދެކެވެ.
މީގެއިތުރުން، ފުލުހުން ވިދާޅުވި ގޮތުގައި، މި 48 ގަޑިއިރުގެ ތެރޭގައި ޖުމްލަ 46 އުޅަނދު ޓްރެފިކް ޖުރިމަނާ ކޮށްފައިވާއިރު، މީގައި ހިމެނެނީ ދެ ފުރޮޅުލީ 32 އުޅަނދާއި ހަތަރު ފުރޮޅުލީ 14 އުޅަނދެވެ.

