ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ޖުމްހޫރީދުވަހާއި ގުޅިގެން ނައިބުރައީސްގެ ތަހުނިޔާ!

ނައިބުރައީސް ލަތީފް، ގައުމީ ސަލާމާއެިކު ރަސްމިއްޔާތު ފެށިވަގުތު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ޖުމްހޫރީ ދުވަހާއި ގުޅިގެން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ނައިބު ރައީސް ވަނީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ނައިބު ރައީސް އިއްޒަތްތެރި ޝްރީ ސީ.ޕީ. ރާދާކްރިޝްނަން އަށް، އަދި  އިންޑިއާ ސަރުކާރަށާއި، އެޤައުމުގެ އެކުވެރި ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ޖުމްހޫރިއްޔަތެއްގެ ގޮތުގައި އިންޑިއާ ކަޑަތުކުރަމުންދާ ދުސްތޫރީ ދަތުރަކީ، އެހެން ޤައުމުތަކަށް ނަމޫނާ އަދި ބިނާކުރަނިވި ފިލާވަޅުތަކެއް ލިބިގެންދާ ދަތުރެއް ކަމަށް ވބެސް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އިންޑިއާއަކީ ދެޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި ގާތުން ގުޅިގެން މަސައްކަތް ކުރުމުގެ ދިގު ތާރީޚެއް އޮތް ދެޤައުމު ކަން ވެސް ނައިބުރައީސް ފާހަގަކުރައްވާފައެވެ.

މި ގުޅުމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށް ނުހަނު ބޮޑެތި މަންފާތަކެއް ކުރަމުންދާކަން ކަށަވަރުކަމާއި، އެމަނިކުފާނުގެ އުއްމީދަކީ، ދެޤައުމުގެ ދެމެދުގައި މިހާރު އޮތް އެއްބާރުލުން ކުރިމަގުގައި އިތުރަށް ބަދަހިވެ ވަރުގަދަވެގެން ދިއުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: