ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭ ހޯދުމުގައި ދިމާވާ މައްސަލަތަކާއި ގުޅިގެން މިނިސްޓަރާއި ސުވާލު ކުރަނީ!

ލޭ ހޯދުމުގައި ދިމާވާ މައްސަލަތަކާއި ގުޅިގެން މިނިސްޓަރާއި ސުވާލު ކުރަނީ! --- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޭ ހޯދުމުގައި ދިމާވާ ދަތިތައް ހައްލު ނުވާ މައްސަލައިގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމްއާއި ސުވާލު ކުރުމަށް ހުށައަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ލިޔުމުން ޖަވާބު ހުށައަޅާގޮތަށް ވަނީ މިނިސްޓަރަށް ސުވާލު ހުށައަޅުއްވާފައެވެ. އެގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނާއި ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނުގައި ކަންޑައަޅާފައިވާ ގޮތަށް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ފޯރުކޮށްދެމުން އަންނަ ލޭގެ ފަރުވާތަކާއި ބެހޭ ގައުމީ ނިޒާމު ގާއިމްކޮށް ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރާނެ މީހުންގެ ގޮތުގައި އެ ސެންޓަރަށް ތައާރަފްކޮށްދޭ މީހުން އަދި އެމީހުންގެ ލޭގެ ތަފްސީލުތައް ހިމެނޭ ދަފްތަރެއް ގާއިމްނުކޮށް ގިނަ ދުވަސް ވަނީ ކީއްވެގެންތޯ ސުވާލުކުރައްވާފައެވެ.

ލޭ ހޯދުމުގައި ދިމާވާ ދަތުތަކަށް ޒަމާނީ ހައްލެއް ނުގެނެވިގެން އުޅެނީ ކީއްވެތޯވެސް ކުޑޫ ވަނީ ސުވާލު ކުރައްވާފައެވެ. ކުޑޫ މި ސުވާލު ހުށައަޅުއްވާފައިވާއިރު، މި ވަގުތު ވަނީ ލޭ ހޯދުމުގައި ދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން މޯލްޑިވްސް ބްލަޑް ސާވިސް އިން ވަނީ ލޭ ލިބުން ދަތިވެ އަންމުންގެ އެހީއަށްވެސް އެދިފައެވެ.

ބްލަޑް ސާވިސްއިން ބުނީ މިވަގުތު ހުރިހާ ގްރޫޕެއްގެ ވެސް ލޭ ބޭނުންވާ ކަމަށެވެ. އަދި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން ރޭގަނޑު 20:00ާއާއި ހަމައަށް ލޭ ހަދިޔާ ކުރެވޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. ތެލެސީމިއާ ހުންނަ ފަރާތްތަކަށް

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: