ދިވެހިންގެ ރަހަތަކަށް ހާއްސަކޮށް، ކޮކާ ކޯލާ ކޮމްޕެނީއިން ކޯކުގެ ހާއްސަ މޮކްޓެއިލް ބުއިންތަކެއް ތައާރަފްކޮށްފިއެވެ.
ކޮކާ ކޯލާއިން ތައާރަފްކުރި މި މޮކްޓެއިލްސްތަކަކީ 100 އިންސައްތަ އަލްކަހޯލް ފްރީ މޮކްޓެއިލްއެކެވެ. އެގޮތުން ކުންފުނީގެ ފަރާތުން ވަނީ، އެ ކުންފުނިން ތައާރަފްކުރި މޮކްޓެއިލްސް ރެސިޕީއާއި ގުޅޭ ހާއްސަ ވޯކްޝޮޕްއެއް ކުރިޔަށް ގެންގޮސްފަައެވެ. މި ވޯކްޝޮޕްގައި ރާއްޖޭގެ 10 ރެސްޓޯރެންޓަކުން ވަނީ ބައިވެރިވެފައެވެ.
ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވައި ކޮކާ ކޯލާ ކޮމްޕެނީން ބުނެފައިވަނީ، މޮކްޓެއިލް ބުއިން ބަލައިގަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ކޮކާ ކޯލާ އަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް ބުއިމުގެ ގޮތުގައި މަޝްހޫރުވެގެން ދިއުމުން ކަސްޓަމަރުންނަށް ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮކާ ކޯލާއިން ތައާރަފް ކުރި ތަފާތު މޮކްޓެއިލްތަކުގެ ތެރޭގައި،
* ސްޕައިސީ ޗޮކްލެޓް ކޯލާ
* ކެރެބިއަން ސަންސެޓް މޮކްޓެއިލް
* ސްޕްރައިޓް ޕޮމަގްރެނޭޓް
* ސްޕްރައިޓް އޮރެންޖް ބަބްލީ
* ލޯންގް އައިލެންޑް އައިސް ޓީ، މެލަން މިންޓް ކޫލަރ
* ކްލެއާވޮއިއޭންސް
* ޔުނިކޯން ލެމަނޭޑް
* ސޯލްޓެޑް ކެރެމަލް ކޯކްގެ އިތުރުން
* ބެންޑްރާ ދި މެކްސިކޯ ސްޕްރައިޓް ޕުންޗް ހިމެނެއެވެ.

