ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަރު ކޮމިޝަނުން ހަދަނީ ބުހުތާނު ދޮގު، ރައުދާގެ މަރުގެ ހަގީގަތް ވަނީ އޮޅުވާލާ ފަ“

ރައިދާ އާތިފް - ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގައި ކިޔަވަން ހުއްޓާ މަރުވި ރައުދާ އާތިފްގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނަށާއި އެ ކޮމިޝަންގެ ތަހުޤީޤަށް އޭނާގެ ބައްޕަ ޑރ. މުޙައްމަދު އާތިފް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައުދާ ދަންޖެހި މަރުވެފައި ހުއްޓާ ފެނުނީ އޭނާ ބަންގްލާދޭޝްގައި ކިޔަވަން އުޅުނު ކޮލެޖްގެ ނިދާ ކޮޓަރި ތެރެއިން، 2017 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީން ވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީ ކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ހެދި އެވެ.

ފުލުހުން ބުނެފައިވަނީ ރައުދާ ދަންޖެހިގެން މަރުވީ ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށެވެ. ފުލުހުން ބުނީ ރައުދާ މަރުވީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެއްސަކާ ޖެހުނު މައްސަލައެއްގައި ކަމަށެވެ. ނަމަވެސް ރައުދާގެ އާއިލާއިން ވަނީ އެކަން ގަބޫލު ކުރުމަށް ދެކޮޅު ހަދާ، ފުލުހުންގެ އިހުމާލު މައްސަލައިގައި ވާކަމަށް ބުނެފައެވެ.

ރައުދާ އަމިއްލައަށް މަރުވެފައިވާ ކަމަށް ތަހުޤީޤީ އިދާރާތަކުން ބުނާއިރު މިއަދާ ހަމައަށްވެސް ރައުދާ ބައްޕަ ދަނީ އެކަމާއި ދެކޮޅުހައްދަވަމުންނެވެ. ރައުދާ މަރުވެފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް ފޭސްބުކްގައިހިއްސާކޮށް ކުރި ޕޯސްޓެއެްގައި ފެންނަގޮތުން އޭނާގެ ކަރުގައި ނިޝާންތަކެއް ހުއްޓެވެ. އަދި އެ ނިޝާންތަކަކީ އެއީ ދަންޖެހުމަށް ބޭނުންކުރި ސްކާފުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކެއް ނޫން ކަމަށް އާތިފް ބުންޏެވެ.

“ ރައުދާ ދަންޖެހިފަ ހުއްޓާ ފެނުނު މީހަކު އަދި ފޮޓޯއެއްވެސް ނުދެއްކުނު. އަހަރެންގެ މާމައަށްވެސް އިނގޭނެ ރޯނު ޖޯއްޔެއްގައި ގިނައިރު އޮތުމުން ބުރަކަށްޓަށް އަރާނީ ރޯނުގެތުންކަން. ނަމަވެސް މަރުކޮމިޝަންގަ ތިބި މީހުންނަށް ނޭންގެނީތޯ ރައުދާގެ ކަރުގައި ހުރީ ސްކާފެއްގެ ނިޝާންތަކެއްކަން. ރައުދާ ކަރުގައި ހިފާ މަރާލުމުން، ކަރުގަ ހިފި މީހާގެ 3 އިނގިއްޔާ ބޮޑުވާއިނގިލީގެ ނިޝާން ހުރިކަމަށް ރާޖްޝާހީ ޕޮލިސް އިންކުއެސްޓް ރިޕޯޓުގައިވޭ. ރައުދާގެ މޫނުގަ އަނިޠާގެ ނިޝާންވޭ. ޕޯސްޓް މޯޓަމް އޮޓޯޕްސީ ރިޕޯޓުތަކުންވެސް މިކަން ޕްރޫވްކޮށްދޭ. ރައުދާއަށް ފޮނުވި ކަމަށް ސީއައިޑީ ފުލުހުން ބުނި ޓުވިޓަރ މެސެޖު އައި އެކައުންޓް ހޯދުނުކަމަށް ސުއޫދު ބުނޭ“

އާތިފް ބުނީ މި ހުރިހާ ކަމެއްގެ ހެކި ހުރިއިރުވެސް މަރުކޮމިޝަނުން ރައުދާގެ މަރުގެ ޙަޤީޤަތް އޮޅުވާލާ ދޮހުހަދާފައިވާކަމަށް ތުހުމަތުކުރިއެވެ.

ރައުދާގެ މަރާއި ގުޅިގެން ބަންގްލަދޭޝް ފުލުހުން ކުރި ތަޙްޤީޤާއި މެދު ވެސް އާތިފް އަންނަނީ ސުވާލު އުފައްދަމުންނެވެ. އާތިފް ރައުދާގެ މަރާއި މެދު ސުވާލު އުފައްދާތީ ރައުދާގެ ގަބުރު ނަގައިގެން ވެސް އޮޓޮޕްސީއެއް ހެދިއެވެ. ނަމަވެސް ހުރިހާ ރިޕޯޓަކުން ވެސް ދެއްކީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ.

ރައުދާގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު ނިންމާ ރައީސް ސޯލިހުއަށް ވަނީ އަރުވާފައެވެ. ނަމަވެސް އެ ރިޕޯޓު އެއްވެސް އިދާރާއަކާއި މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: