ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެމެލީ ކޯޓުގައި ކުރިއަށްދާ ކުޑަކުދިންގެ މައްސަލަތަކާއި ގުޅޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށް ނެގުމަށް އޭޖީ އެދިއްޖެ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓުގައި މިހާރު ކުރިއަށްދާ 18 (އަށާރަ) މައްސަލައިގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ، ޢުމުރުން 6 (ހައެއް) މަހާއި 13 (ތޭރަ) އަހަރާ ދެމެދުގެ 11 (އެގާރަ) ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެޓާނީ ޖެނެރަލްގެ ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވާއިރު، އެ ޙައްޤު ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކުޑަކުދިންނަށް ނުވަތަ ޅަފުރައިގެ ކުދިންނަށް މުޖުތަމަޢުން ނުވަތަ ޢާއިލާއިން އިހުމާލުވާ ޙާލަތުގައި، އެކުދީންނަށް ޚާއްޞަ ރައްކާތެރިކަމާއި، ޚާއްޞަ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ލާޒިމް ކަމެކެވެ.

މިގޮތުން، އޭޖީ އޮފީޙުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި  ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، 1 އަހަރުން ދަށުގެ 3 ކުދިންނާއި، 1 އަހަރާއި 2 އަހަރާ ދެމެދުގެ 4 ކުދިންނާއި، 2 އަހަރާއި 5 އަހަރާ ދެމެދުގެ 3 ކުދިންނާއި، 13 އަހަރުގެ ކުއްޖެއްގެ މައްސަލައެވެ. 

މި  11 ކުދިން ދައުލަތުގެ ބެލެމުގެ ދަށަަށް ގެނެވިފައިވަނީ އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ މައިންބަފައިން ޙަވާލުވުމަށް އިންކާރުކޮށްފައިވާތީ ނުވަތަ މައިންބަފައިން އެ ކުދިން ބެލެހެއްޓުމުގައި ތަކުރާރުކޮށް އިހުމާލުވަމުންދާތީ، އަދި އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވާނެ އެ ކުދިންގެ ޢާއިލާގެ އެއްވެސް މެންބަަރަކު ހަމަޖެހިފައިނުވާތީ، އެ ކުދިންގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ ގޮތުންނެވެ. އަދި، މި 11 ކުދިންގެ މައިންބަފައިންގެ ތެެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މަޢުލޫމާތު ދެއްވާފައިވާ ކަމަށް އޭޖީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކޮންމެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި  ފެމެލީ ކޯޓަށް އެޓަރނީ ޖެނެރަލްގެ އޮފީހުން 11 (އެގާރަ) މައްސަލަ ހުށަހެޅުމުން، އެފަދަ އަމުރެއް ހޯދުމަށް އެދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ފޮނުއްވާފައިވާ ހުރިހާ މައްސަލަތަކެއް ކޯޓަށް ހުށަހަޅާ ނިމުނީކަން އޭޖީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: