ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލްގެ ”ސްޓްރެޗިން ޕްރޮގްރާމް“ އިފުތިތާހުކޮށް ހާއްސަ ފެއާއެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ”ސްޓްރެޗިން ޕްރޮގްރާމް“ ރަސްމީކޮށް އިފުތިތާހުކޮށް, ”ސްޓްރެޗް އެންޑް ވެލްނެސް“ގެ ނަމުގައި ހާއްސަ ފެއާއެއް ބާއްވައިފިއެވެ.

ހުޅުލޭގައި މިއަދު ބޭއްވި މި ފެއާގެ މަގުސަދަކީ މަސައްކަތުގެ މާހައުލުގައި ހުންނަ ސިއްހީ ނުރައްކާތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި މަސްތަކާއި ކަށިތަކަށް ލިބޭ އަނިޔާތައް ކުރިއާލާ ދެނެގަނެ, އެކަމުން ރައްކާތެރިވުމުގެ މުހިންމުކަން ކިޔައިދިނުމެވެ.

މި ފެއާގެ ތެރެއިން އިފުތިތާހުކުރި ”ސްޓްރެޗިން ޕްރޮގްރާމް“ އަކީ މަސައްކަތުގެ މާހައުލުގައި, ހާއްސަކޮށް އޮޕަރޭޝަނަލް ދާއިރާތަކުގައި, ގަވާއިދުން ކަސްރަތުކުރުމާއި އަނިޔާއިން ރައްކާތެރިވުމުގެ އާދަތައް އަށަގެންނެވުމަށް ފެށި މުހިންމު ޕްރޮގްރާމެކެވެ.

މި ފެއާ ކުރިއަށް ގެންދިޔައީ އޭޑީކޭ, ވެލްނެސް ކްލަބް މެނޭޖްޑް ބައި ހީޓް, ރިވައިވް ފިޓްނަސް, ފިޒިއޯ ސޮލިއުޝަންސް, އޭއެމްޑީސީ, ލެގަސީ ފިޓްނަސް, ޝީ, ތަސައްލީ މެޑިކަލް ކެއާ އަދި އެޗްޑީސީއާ ގުޅިގެންނެވެ.

މި ފެއާގެ ތެރެއިން ކޮމްބެޓް ފިޓްނެސް ސެޝަންއަކާއި ވޯކިން އެކްސަސައިޒް ދަސްކޮށްދޭ ސްޓޭޖް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ފެއާގައި ބައިވެރިވި ފަރާތްތަކުން ވަނީ ކަށިތަކާއި މަސްތަކުގެ ޓެސްޓުތައް ހިލޭ ހެދުމުގެ ފުރުސަތާއި ހެލްތު ޕެކޭޖުތަކުންނާއި ފިޓްނަސް ޕްރޮގްރާމްތަކުން މުވައްޒަފުންނަށް ޑިސްކައުންޓް ވެސް ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: