ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. ވިހަފަރު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ވިހަފަރުގައި އެއަރޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެ ސަރަހައްދުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މަޝްރޫއު ފައްޓަވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗީޕް އޮޕަރޭޓިން އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް, މުޙައްމަދު ސަޢީދެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ކުރިއަށްދާނީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ހިއްކާ ބިން ހިމާޔަތްކުރުމުގެ މަސައްކަތެވެ. މި ފިޔަވަހީގެ ދަށުން ވިހަފަރުގެ 42 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ބިން ހިމާޔަތްކުރުމަށް 4,267 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ.

މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ 1,500 މީޓަރުގެ ރަންވޭއަކާއެކު އެއަރޕޯޓެއް ތަރައްގީކުރުމެވެ.

ނ. ވިހަފަރުގައި އެއަރޕޯޓެއް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅުއްވައި އިއުލާންކުރެއްވީ 2024 ވަނަ އަހަރުގެ މާރޗް މަހުގައެވެ. އަދި 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި, ނ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރުގެ ކުރީކޮޅު, އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަގީންކަންދެއްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: