ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާމްގެ ހާޒިރީ ރަނގަޅެއް ނުވި، މި ދައުރުގައި ވެސް އެންމެ ފުލަށް!

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ސިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނިމިިދިޔަ ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވީ ބޭފުޅަލަށް، އަނެއްކާވެސް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވެފައިވާ ސިޔާމްއަކީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެންމެ މަދުން ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ބޭފުޅާއެވެ. ހާޒިރީގެ ލިސްޓު ގައި އޭނާ މުޅިން ވެސް އުޅުއްވަނީ އެންމެ ފުލުގަ އެވެ.

މަޖިލީހުގެ އިދާރާއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ތަފާސްހިސާބުތައް އާއްމުކޮށްފައިވާއިރު، މެމްބަރުންގެ ހާޒިރީތައް ދައްކާގޮތުން ދައުރުގައި ބޭއްވި 33 ޖަލްސާގެ ތެރެއިން ސިޔާމް ވަޑައިގެންނެވީ އެންމެ 9 ޖަލްސާއަށެވެ. މި އަހަރުގެ މަޖިލިހުގެ ދެ ވަނަ ދައުރުގައި ވެސް ހާޒިރީގެ ފުލަށް ސިޔާމް ދިޔައިރު، އެ ދައުރުގެ 47 ޖަލްސާގެ ތެރެއިން އޭނާ ވަޑައިގަތީ އެންމެ 16 ޖަލްސާއަކަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ބޭއްވި ޖަލްސާތަކަށް އެންމެ މަދުން ވަޑައިގެންނެވި ބޭފުޅާއަށް ސިޔާމް ވާއިރު، އޭނާގެ ދާއިރާގެ ރައްޔިތުން އެކަމާ ސޯޝަލް މީޑިއާގައި ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހަތް ޖަލްސާއަށް ވަޑައިނުގެން ސަލާމް ފޮނުއްވި އެވެ.

މަޖިލީހުގެ، ހާޒިރީ ލިސްޓުގައި ވާގޮތުން މަޖިލީހުގެ ޖަލްސާތަކަށް، އެންމެ ގިނަ ސަލާމް ހުށަހަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ. ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން، ޝާހިދު ވަނީ 11 ދުވަހު ސަލާމް ފޮނުއްވާފައެވެ.

ދެން، މަޖިލީހަށް ފޮނުއްވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފެވެ. ޔާސިރު ސަލާމްގައި ހުންނެވީ، މިދިޔަ މަހުގެ ތެރޭގައި ސިނަމާލެ ބްރިޖްއިން ސައިކަލުގައި ދުއްވާފައި ވަޑައިގަންނަވަނިކޮށް އެކްސިޑެންޓު ވުމާއި ގުޅިގެންނެވެ. ޔާސިރު މަޖިލީހަށް ސަލާމް ފޮނުއްވާފައިވަނީ އޭނާ ހޮސްޕިޓަލުގައި އެޑްމިޓުކުރި ދުވަސްތަކަށް އެކަންޏެވެ. އެ ނޫން ހުރިހާ ޖަލްސާތަކަށް ޔާސިރު ވަނީ ހާޒިރުވެވަޑައިގެންފައެވެ.

މަނަދޫ ދާއިރާގެ މެމްބަރު ހާރޫން އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަދި ފުނަދޫ ދާއިރާގެ މެމްބަރު ޝާހިދު – ފޮޓޯ: ސަންގު

ފަހު ދައުރުގައި ރަސްމީ ދަތުރުތަކުގައި އެންމެ ގިނައިން އުޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒު ފަހުމީ އެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގައި ބޭއްވި 33 ޖަލްސާއަށްފަހު، މެންބަރުން ވަނީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފައެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަންނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ.

ނިމުނު ދައުރުގެ 33 ޖަލްސަގައި 128 ގަޑިއިރާއި 37 މިނެޓް ހޭދަކުރެވުނު، މެންބަރުން 92 ޕަސެންޓަށް ޖަލްސާތަކަށް ވަޑައިގެންނެވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި 395 ކޮމިޓީ ބައްދަލުވުމެއް ބާއްވައި 441 ގަޑިއިރު ވަނީ ހޭދަކޮށްފަ އެވެ.

ނިމިގެން ދިޔަ ދައުރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކުރީ ދައުރުން ލިބުނު 16 ބިލަކާއި ފަހު ދައުރު ހުށަހެޅި 23 ބިލުގެ މަސައްކަތް ކުރިއަށް ދިޔަ އެވެ. އޭގެ ތެރެއިން 11 ބިލެއްގެ މަސައްކަތް ނިންމިއިރު، ނުނިމި 28 ބިލެއް އެބަ އޮތެވެ. ފަހު ދައުރުގައި މަސައްކަތް ކުރި ގަރާރުތަކަށް ބަލާއިރު ކުރީ ދައުރުން ލިބުނު 12 ގަރާރަކާއި ފަހު ދައުރު ހުށަހެޅި ފަސް ގަރާރުގެ މަސައްކަތް ކުރިއަށް ދިޔަ އެވެ. އޭގެ ތެރެއިން މަސައްކަތް ނުނިމި އޮތީ 15 ގަރާރެކެވެ. ސަރުކާރުން ފޮނުވި މައްސަަލަތަކުގެ ތެރެއިން ކުރީ ދައުރުން ދެ މައްސަލައެއް ލިބުނުއިރު، ފަހު ދައުރުގައި 16 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ މައްސަލައެއް ފިޔަވައި ހުރިހާ މައްސަލަތަކެއްގެ މަސައްކަތް މަޖިލީހުން ނިންމި އެވެ.

ރިޔާސަތުން ހުށަހެޅި މައްސަަތަކަށް ބަލާއިރު ކުރީ ދައުރުން ހަ މައްސަލައެއް ލިބުނުއިރު މި ދައުރުގައި 17 މައްސަލައެއް ހުށަހެޅި އެވެ. އޭގެ ތެރެއިން ނުނިމި އޮތީ ހަ މައްސަލައެކެވެ.

މިނިސްޓަރުންނާ ކުރުމަށް 24 ސުވާލެއް ހުށަހެޅިއިރު، އޭގެ ތެރެއިން 12 ސުވާލެއް މިނިސްޓަރުންނާ ވަނީ ކުރެވިފަ އެވެ. އަދި ނުކުރެވި އޮތް 12 ސުވާލެއް ވެސް އެބަ އޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: