ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ފައިދާ ހުރި މަސައްކަތްތަކަށް، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނާނެ: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމަށް ފައިދާހުރި ބޮޑެތި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތަކަށް ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ އެކިއެކި ދާއިރާތަކުން ވީރާނާވެފައި ހުރި އިޖުތިމާއީ ގިނަ ކަންތައްތަކެއް މިހާރު ހައްލުކޮށްދެއްވާފައިވާ ކަމަށެވެ.

އެގޮތުން މާލެ ސަރަހައްދުގެ އިޖުތިމާއީ ހާލަތަށް ބޮޑެތި އިސްލާހުތައް ގެނައުމަށް މަސައްކަތް ކުރެވުނުކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވީ، މައިންބަފައިން އެންމެ ބޮޑަށް ކަންބޮޑުވި އެއް ކަމަކީ ދަރީން ސްކޫލަށް ދާއިރު ދަބަހަށް ވޭޕް ލައިގެންނާއި، އޭގެ ތެރެއަށް މަސްތުވާތަކެތި އަޅައިގެން ދިއުން ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު އެކަން މިހާރު ހުއްޓިފައިވާކަމަށާއި، މާލޭގައި ގޭންގުތަކުގެ ހަރަކާތްތައް ވެސް މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް ގިނަ އަދަދަކަށް މިހާރު ހުޅުވާލެވިފައިވާކަމަށެވެ. އަދި ގައުމުގެ ތަރައްގީއަށް ބޭނުންވާ ބޮޑެތި މަޝްރޫއުތައް ހިންގުމަށްޓަކައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހުގެ ތެރެއިން ގެންނަމުންދާކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ފަލާހު ވިދާޅުވީ ރައީސް މުއިއްޒުގެ މި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެރިއެއްގެ ޒައާމަތުގައި ގައުމަށް އެންމެ ގިނަ ކާމިޔާބީތަކާއި އެންމެ ބޮޑު ފައިދާ ހޯދައިދިން ފަސް އަހަރު ކަމުގައި ވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު އިތުރަށް ވިދަޅުވީ، ޕީއެންސީން ސަރުކާރާއި ހަވާލުވީއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު ވެސް އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެގޮތުން މަޝްރޫއުތައް ހިންގޭ ވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތް އިރު ރާވާފައިވާ ޕްރޮޖްކެޓުތައް ހިންގާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތްކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ރައީސް މުއިއްޒު ކޮންމެ މަސައްކަތެއް ވެސް ކުރައްވަނީ މަޝްވަރާގެ އުސޫލުން ކަމަށެވެ. އަދި ކޮންމެކަމެއް ވެސް ކެބިނެޓަށް ހުށަހަޅައި، އެކަމަކާއި މެދު ކުރަންޖެހޭ ދިރާސާތައް ކުރެވޭކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ، ފަލާހު ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިޔަށް ގެންދިއުމަށެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށްވެފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: