ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ފަނާކުރުވަނި ފިކުރެއް، މަގާމުތަކަށް އަންނަނީ ގާނޫނުތަކަށް އިހުތިރާމެއް ނެތް ބައެއް: ފަލާހު

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު/ފޮޓޯ:ސަން އޮންލައިން/މޫސާ ނަދީމް
ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު/ފޮޓޯ:ސަން އޮންލައިން/މޫސާ ނަދީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އިސް މަގާމުތަކަށް އަންނަ ފަރާތްތަކާއި، އެ ޕާޓީ މެދުވެރިކޮށް އިންތިހާބީ މަގާމުތަކަށް އަންނަނީ ވެސް ގާނޫނުއަސާސީއަށް އެއްވެސް އިހުތިރާމެއް ކުރާ ބައެއް ނޫންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ މިރޭ ޕީއެންސީން ފުވައްމުލަކުގައި ކުރިޔަށް ގެންދިޔަ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީން ސިޔާސީ މައިދާނަށް މީހުން ތަމްރީނުކޮށް ނެރެނީ ވަރަށް ނުބައި ސިފައެއްގައި ކަމަށެވެ. އަދި އެ ޕާޓީގެ ފަރާތުން ރަށްރަށުގެ ކައުންސިލްތަކަށާއި ރައްޔިތުންގެ މަޖިލީހަށް އަންނަ މެންބަރުންނަކީ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ނޫންކަމަށް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީ ދުވަހަކުވެސް ދައުލަތުގެ ބަޖެޓަށް ވޯޓު ދިން ބައެއް ނޫންކަމަށާއި، ތަރައްގީގެ ނަމުގައި އެ ޕާޓީން އަބަދުވެސް ރައްޔިތުންގެ ލޮލުގައި އަޅުވަނީ އަނދުން ކަމަށެވެ. އަދި ރައްޔިތުންނަށް ތަކުރާރުކޮށް އޮޅުވާލައި، ލަނޑުދީ ގައުމަށް ޣައްދާރުވެރިފައިވާކަމަށް ފަލާހު ވިދާޅުވި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ތިނަދޫގެ ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދިން ބޮޑު މެޖޯރިޓީގެ ވޯޓަށް ޝުކުރު އަދާކުރައްވަމުން ފަލާހު ވިދާޅުވީ، އެތައް ދުވަހަކު އެމްޑީޕީއަށް ތާއީދު ކުރުމަށްފަހު، މިދިޔަ ރިޔާސީ އިންތިހާބުގައި އެ ސިޓީގެ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓު ދީފައި ވަނީ ގައުމުގެ ހާލަތު ބަދަލުކުރުމަށް ކަމަށެވެ.

ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަކީ ވަރަށް ޒުވާން، މުރާލި އަދި ގައުމުދެކެ ލޯބިވާ އިހުލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި އެފަދަ ތެދުވެރި، އަމާނާތްތެރި ވެރިއަކު ގައުމަކަށް ލިބެނީ ވަރަށް މަދު ހާލަތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.

މިއަދުވެސް މި ސިޓީން އަޅުގަނޑުމެންނާ ބައްދަލުވި ރައްޔިތުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް. ރައީސް ކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެއްޖެނަމަ، އެކަމެއް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އެބައޮތް

ފަލާހު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ އަވަށްޓެރި ސްރީލަންކާއަށް ދިމާވި ފަދަ ނުރައްކާތެރި ކާރިސާއެއްގެ ދިމާވުމުގެ ނާޒުކު ހާލަތެއްގަ އެވެ. ނަމަވެސް ރައީސްގެ ހިކުމަތްތެރިކަމާއެކު އެ ހާލަތުން ގައުމު ސަލާމަތްކޮށްދެއްވާނެ ކަމުގެ އިތުބާރު ރައްޔިތުންނަށް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: